ޤައުމު ބިނާކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ ޚިޔާލާއި ފިކުރު ހިމެނުމަކީ މުހިއްމުކަމެއްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ފަޒްނާ ޝާކިރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ފަޒްނާ ޝާކިރު މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އއ.ފެރިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފެރިދޫގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ ފަޒްނާ ވިދާޅުވީ ޤައުމު ބިނާކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ ޚިޔާލާއި ފިކުރު ހިމެނުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއްދީ އަޅާލުމަކީ މުޖުތަމުއުގެ ކޮންމެ މީހަކުވެސް ކުރުން މުހިއްމުކަމެއްކަން ފާހަގަކުރައްވާ އޭނާ ވަނީ ގޭތެރެއިން ފެށިގެން މުޖުތަމަޢުގެ ކަންކަމުގައި އުމުރުން ދުވަސްވީ މީހުން ޝާމިލްކުރުމަކީ ބަދަހި މުޖުތަމަޢުއެއް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ.
"ޓެކްނޮލަޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން މަކާރާއި ހީލަތުން ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފާރަވެރިވެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް ބޭނުންތެރިކަމެއް. ހުރިހާ އުމުރުފުރާއަކަށްވެސް ހަމަހަމަކަމާއެކު ޑިޖިޓަލް ވަޞީލަތްތަކުގެ ފަސޭހަކަން ހޯދައިދިނުމަކީ ބަވަނަވެފައިވާ ދުނިޔޭގައި މަޢުލޫމާތު ހޯދުމުގައާއި އާއިލީ ގުޅުންތައް ބަދހިކުރުމުގައިވެސް މުހުއްމު އެއްޗެއް." ފަޒްނާ ޝާކިރު ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ބޭއްވި ހަފްލާގައި ވަނީ އެމީހުންނަށް އެކި ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ. މީގެއިތުރުން މިދުވަސް ފާހަގަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ކަސްރަތު ޕްރޮގްރާމްއަކާއި ގުރައުންޑް ގޮލްފް ކުޅުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލް އަޤްވާމީ ދޮށި އުމުރުގެ މީހުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރު މިދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޑިޖިޓަލް އިކުއިޓީ ފޯރ އޯލް އޭޖް، ނުވަތަ ސުމޭކުގެ ހުރިހާ ފުރުޞަތު ހުރިހާ އުމުރަކަށް" މި ޝިއާރެވެ.

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕެންޝަން އޮފީހާއި އއ.ފެރިދޫ ކައުންސިލް އިދާރާއާއި ގުޅިގެން އއ.ފެރިދޫގައި ބޭއްވުނު އިސްްރަށްވެހީންގެ ހަފްލާގެ ތެރެއިން pic.twitter.com/vZaq79YkBS
— Ministry of Gender, Family and Social Services (@MoGFSSmv) October 2, 2021
ފެރިދޫގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ ފަޒްނާ ވިދާޅުވީ ޤައުމު ބިނާކުރުމުގައި އުމުރުން ދުވަސްވީ މީހުންގެ ޚިޔާލާއި ފިކުރު ހިމެނުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ސަމާލުކަމެއްދީ އަޅާލުމަކީ މުޖުތަމުއުގެ ކޮންމެ މީހަކުވެސް ކުރުން މުހިއްމުކަމެއްކަން ފާހަގަކުރައްވާ އޭނާ ވަނީ ގޭތެރެއިން ފެށިގެން މުޖުތަމަޢުގެ ކަންކަމުގައި އުމުރުން ދުވަސްވީ މީހުން ޝާމިލްކުރުމަކީ ބަދަހި މުޖުތަމަޢުއެއް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ.
"ޓެކްނޮލަޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން މަކާރާއި ހީލަތުން ނޭދެވޭ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފާރަވެރިވެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް ބޭނުންތެރިކަމެއް. ހުރިހާ އުމުރުފުރާއަކަށްވެސް ހަމަހަމަކަމާއެކު ޑިޖިޓަލް ވަޞީލަތްތަކުގެ ފަސޭހަކަން ހޯދައިދިނުމަކީ ބަވަނަވެފައިވާ ދުނިޔޭގައި މަޢުލޫމާތު ހޯދުމުގައާއި އާއިލީ ގުޅުންތައް ބަދހިކުރުމުގައިވެސް މުހުއްމު އެއްޗެއް." ފަޒްނާ ޝާކިރު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕެންޝަން އޮފީހާއި ގުޅިގެން އއ.ފެރިދޫގައި ކުރިޔަށް ގެންދެވުނު ދޮރުން ދޮރަށް ޒިޔާރަތް ކުރުމުގެ ހަރަކާތާއި އާއިލީ ހަވީރުގެ ތެރެއިން@PensionOffice pic.twitter.com/t1hgaabdSM
— Ministry of Gender, Family and Social Services (@MoGFSSmv) October 1, 2021
އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ބޭއްވި ހަފްލާގައި ވަނީ އެމީހުންނަށް އެކި ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ. މީގެއިތުރުން މިދުވަސް ފާހަގަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ކަސްރަތު ޕްރޮގްރާމްއަކާއި ގުރައުންޑް ގޮލްފް ކުޅުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލް އަޤްވާމީ ދޮށި އުމުރުގެ މީހުންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރު މިދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޑިޖިޓަލް އިކުއިޓީ ފޯރ އޯލް އޭޖް، ނުވަތަ ސުމޭކުގެ ހުރިހާ ފުރުޞަތު ހުރިހާ އުމުރަކަށް" މި ޝިއާރެވެ.
ކިޔުންތެރިންގެ ހިޔާލު