ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިންޓަރނޭޝަނަލް ޕްރައިވެޓް ސްކޫލެއް ތަރައްޤީކުރުމަށް އެޗްޑީސީން ބަޔަކާއި ހަވާލުކޮށްފިއެވެ.
ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިންޓަރނޭޝަނަލް ޕްރައިވެޓް ސްކޫލެއް ތަރައްޤީކުރުމަށް އެޗްޑީސީން ހަވާލުކޮށްފައިވަނީ އައިލެންޑަރ އެޑިއުކޭޝަނާއެވެ.
އިންޓަރނޭޝަނަލް ޕްރައިވެޓް ސްކޫލް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ. އައިލެންޑަރ އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރ އަހުމަދު އަދްލީ ރަޝީދުއެވެ.
ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިންޓަރނޭޝަނަލް ޕްރައިވެޓް ސްކޫލެއް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިތާ ދުވަސްކޮޅެއްވެއްޖެއެވެ. ނަމަވެސް އަދިވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ އަސާސީ ބައެއް ކަންކަމުގެ ތެރޭގައި ހިމެނޭ، ފިހަރާތަކާއި، މިސްކިތާއި ސްކޫލެއް ނެތެވެ. ނަމަވެސް ސަރުކާރުން މިހާރު ދަނީ މަޑުމަޑުން އެތަނަށް ބޭނުންވާ ކަންކަން ފުރިހަމަކުރަމުންނެވެ.

An agreement was signed between HDC & @islanders_edu for the development of a private/international school in Hulhumalé Phase 2. The agreement was signed by our Managing Director, Mr. Suhail Ahmed and the Executive Director of @islanders_edu, Mr Ahmed Adhly Rasheed. pic.twitter.com/eusOBf2UGZ
— HDC (@hdcmaldives) October 2, 2021
ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިންޓަރނޭޝަނަލް ޕްރައިވެޓް ސްކޫލެއް ތަރައްޤީކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިތާ ދުވަސްކޮޅެއްވެއްޖެއެވެ. ނަމަވެސް އަދިވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ އަސާސީ ބައެއް ކަންކަމުގެ ތެރޭގައި ހިމެނޭ، ފިހަރާތަކާއި، މިސްކިތާއި ސްކޫލެއް ނެތެވެ. ނަމަވެސް ސަރުކާރުން މިހާރު ދަނީ މަޑުމަޑުން އެތަނަށް ބޭނުންވާ ކަންކަން ފުރިހަމަކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު