ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރައްޓެހިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ހަމަޖެއްސުމަށްވުރެ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވީއައިޕީ ލޯންޖުން ޚިދުމަތް ދިނުން މާ އައުލާކަން ބޮޑުކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ މެންބަރުންނާއި މެންބަރުންގެ އާއިލާގެ އިތުރަށް އެ މެމްބަރަކު އިޚުތިޔާރުކުރާ އިތުރު ދެ ރައްޓެއްސަކަށް ވީއައިޕީ ލޯންޖު ބޭނުން ކުރެވޭ ގޮތަށް ފާސްކޮށްފައެވެ.
އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމް ވިދާޅުވީ، މަޖިލިސް މެމްބަރުންގެ ރައްޓެހިންނަށް އެއާޕޯޓްގެ ވީއައިޕީ ބޭނުންކުރެވޭނަމަ އާންމު ރައްޔިތުންނަށް ވީއައިޕީ ބޭނުންކުރެވޭ ގޮތް ހެދުން މާ ހެޔޮކަންބޮޑު ކަމަށެވެ.
"ވަކިން ހާއްސަކޮށް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުން މާ އައުލާ." ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރ ކަމުގެ މަގާމުވެސް އަދާކުރެއްވި ޑރ. ޝަހީިމް ވިދާޅުވިއެވެ.
މެންބަރުންގެ އެކުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކުރެވޭ ގޮތް ހެދުމާއި ދެކޮޅަށް ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖްގެ ހިދުމަތް ދިނުމާއި ދެކޮޅަށް މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲ ވަނީ ވާހަކަ ދައްކަވާފައެވެ.
ރައްޔިތުންގެ މަަޖިލީހުގެ ޚަރަދުގައި މެންބަރުންގެ ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީގެ ޚިދުމަތް ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމިޔަސް، އެނިންމުން މަޖިލީހުގެ އިދާރާއިން ތަންފީޒު ނުކުރާނެކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެެވެ.
މީގެ ކުރިން އޮންނަ އުސޫލުން މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލައުންޖް ބޭނުންކުރެވެއެވެ. އަދި ލައުންޖް ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.
މެމްބަރުންގެ ރައްޓެހިންނަށް ވީއައިޕީ ލޯންޖުން ޚިދުމަތް ދިނުމަށް ނިއްމި މަޖިލީހުގެ ޢާއްމު ކޮމިޓީގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ 7 މެމްބަރުންނެވެ.

މަޖުލިސް މެންބަރުންގެ ރައްޓެހިންނަށް އެއާޕޯޓް ވީއައިޕީ ބޭނުންކުރެވޭ ނަމަ، ޢާއްމު ރައްޔިތުންނަށް ބޭނުންކުރެވޭ ގޮތް ހެދުން މާ ހެޔޮކަން ބޮޑު، ވަކިން ޚާއްޞަކޮށް ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ދިނުން މާއައުލާ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) October 2, 2021
"ވަކިން ހާއްސަކޮށް، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދިނުން މާ އައުލާ." ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރ ކަމުގެ މަގާމުވެސް އަދާކުރެއްވި ޑރ. ޝަހީިމް ވިދާޅުވިއެވެ.
މެންބަރުންގެ އެކުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކުރެވޭ ގޮތް ހެދުމާއި ދެކޮޅަށް ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖްގެ ހިދުމަތް ދިނުމާއި ދެކޮޅަށް މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲ ވަނީ ވާހަކަ ދައްކަވާފައެވެ.
ރައްޔިތުންގެ މަަޖިލީހުގެ ޚަރަދުގައި މެންބަރުންގެ ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީގެ ޚިދުމަތް ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމިޔަސް، އެނިންމުން މަޖިލީހުގެ އިދާރާއިން ތަންފީޒު ނުކުރާނެކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެެވެ.
މީގެ ކުރިން އޮންނަ އުސޫލުން މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލައުންޖް ބޭނުންކުރެވެއެވެ. އަދި ލައުންޖް ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.
މެމްބަރުންގެ ރައްޓެހިންނަށް ވީއައިޕީ ލޯންޖުން ޚިދުމަތް ދިނުމަށް ނިއްމި މަޖިލީހުގެ ޢާއްމު ކޮމިޓީގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ 7 މެމްބަރުންނެވެ.
ކިޔުންތެރިންގެ ހިޔާލު