ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ދުވަސްވެފައިވާ މީހުން، ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭ އިން ފުރުސަތު ހުޅުވާލައިފި އެވެ.
ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖަހަން އެޗްޕީއޭ އިން ވަނީ ނިއްމާފައެވެ.
އެޗްޕީއޭ އިން ބުނީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ލަފާގެ މަތިން ބޫސްޓާ ޑޯޒް އެމީހުންނަށް ދޭން ނިންމާފައި ވަނީ މިކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހު ކަމަށެވެ. މި ވަގުތު ބޫސްޓާ ޑޯޒް ދޭން ނިންމާފައިވަނި ،ފައިޒާ ވެކްސިނުން އެކަންޏެވެ. އެ ވެކްސިންގެ ބޫސްޓާ ޑޯޒް ދޭނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން، އެޕޮއިންޓްމަންޓް އުސޫލުން އެކަނި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭގޮތަށް ހަމަޖެހިފައިވަނީ މެންދުރު 1:00 އިން 3:00 އަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ ބޮޑު ބައެއް މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އެގޮތުން މިހާރު 339،400 އަށް ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

The following vaccination centers will be administering PFIZER vaccine as a third (booster) dose for the announced categories.
— Health Protection Agency (@HPA_MV) October 2, 2021
Book your appointment via https://t.co/1vBPcL980x pic.twitter.com/ioLrQUd1I5
އޭޑީކޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭގޮތަށް ހަމަޖެހިފައިވަނީ މެންދުރު 1:00 އިން 3:00 އަށެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ ބޮޑު ބައެއް މިހާރު ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އެގޮތުން މިހާރު 339،400 އަށް ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ހިޔާލު