ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު ނުވަ ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގ. ހިޔަރޯދި، މުހައްމަދު ޝަމްއާން ސަލީމެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ފުލުހުން ޝަމްއާން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ތޫނު އެއްޗަކުން ބިރުދެއްކުމަށްފަހު، ނުވަލައްކައަށްވުރެ ގިނަ ފައިސާ އޭނާ ފޭރިގަނެފައިވަނީ އިތުރު ބަޔަކާ ގުޅިގެން ކަމަށެވެ.
ޝަމްއާންއާއި އިތުރުބަޔަކާއި ގުޅިގެން ފޭރިގަނެފައިވަނީ އަމިއްލަ ކުންފުންޏެއްގެ ފައިސާތަކެއް ކަމަށް މައުލޫމާތު ލިބިފައިވެެެއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު