ރާއްޖޭގައި ކުދި ކުށްތައް ކުރާ މީހުންނަށް ޖަލު ނޫން އަދަބު ތަންފީޒުކުރާނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މިރޭ ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ، ރާއްޖޭގެ ޕީނަލް ކޯޑުގެ ދަށުން އަދަބު ކަނޑައަޅާފައި އޮންނަ ގާނޫނުގެ ތެރެއިން ޖަލު ނޫން އަދަބުތަށް ދެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ޝަރީއަތް ކުރުމުގައި ޖަލު ނޫން އަދަބު ކަނޑައެޅޭނެ އިޖުރާއަތެއް ރާއްޖޭގެ ސްޕްރީމް ކޯޓުން ގާއިމްކޮށްފައިވާ ކަމަށް އަހުމަދު މުހަންމަދުފުޅު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުދި ކުށްކުރާ މީހުންނަށް ޖަލު ނޫން އަދަބު ތަންފީޒުކުރާނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
"މާނައަކީ ކުޑަ ކުށެއް ކުރި މީހަކު ނަމަ އެމީހަކު މުޖުތަމައުގައި ބަހައްޓައިގެން އެމީހެއްގެ ހުކުމް ތަންފީޒު ކުރެވޭނެ ގޮތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރުން، މިސާލަކަށް އަޅުގަނޑުމެންނަށް އެބަފެނޭ ދުނިޔޭގެ އެހެން ގައުމުތަކުން އިޖުތިމާއީ ބައެއް މަސައްކަތް އެބަކުރުވާ މީހުން މޮނީޓާކޮށްގެން މުޖުތަމައު ތެރޭގައި ބަހައްޓައިގެން ވެސް އެބަ ހުކުމް ތަންފީޒުކުރުވާ، އަދި ގޭބަންދުގައި ބަހައްޓައިގެން އެބަ ތަންފީޒުކުރުވާ. އެ ނިޒާމް މިހާރު އޮތީ އެެތުރިފައި. މިހާރު މައިގަނޑު ގޮތެއްގައި މި ކުރާ ކަމަކީ އެބާވާތުގެ ހުކުމެއް މީހެއްގެ މައްޗަށް ކޮށްފިކަމަށް ވާނަމަ އެހުކުމް އެމީހެއްގެ މައްޗަށް ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމްކުރުން." ކޮމިޝަނަރ ވިިދާޅުވިއެވެ.
މީގެ އިތުރުން ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހަންމަދުފުޅު ވިދާޅުވީ، އެއްއަހަރަށް ވުރެ ކުރު މުއްދަތުގެ ޖަލުގެ ހުކުމުގައި މިހާރު ވެސް 100 އެއްހާ މީހުން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ކަމަށެވެ. އަދި ކުދި ކުށްކުރާ މީހުން އަލުން އަނބުރާ މުޖުތަމައަށް ނެރުމަށް މަސައްކަތް ކުުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެެ.
"އަޅުގަނޑުމެންނަށް މި އޮނިގަނޑު ގާއިމްކުރެވި މިކަން މިގޮތަށް ކުރެވިގެންދިޔައީމަ، ގަބޫލުކުރަނީ މިބާވަތުގެ ކުދި ކުށްކުރާ މީހުން ޖަލު ނޫން އަދަބުގެ ތެރޭގައި ގެންގުޅެ އެމީހުން ހެއު ގޮތުގައި މުޖުތަމައަށް އަލުން އަނބުރާ ގެނެވޭނެ ގޮތް ހެދޭތޯ، ދެން ޖަލަށް މީހާ ލީމަ ދިމާވާ އެހެން މައްސަލަތަކެއް ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، ޖަލަށް ލުމުން ބޮޑެތި ކުށްވެރިންނާއި އެމީހުން އެބަ ބައްދަލުވޭ. ގިނަ މުއްދަތެއްގައި އެމީހުންނާއެކު އެބަތިބޭ." ކޮމިޝަނަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު