ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ޙުކުމް އިއްވާފައިވާ ހ.ލޮބީ ޙުސައިން ޙުމާމް
ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ޙުކުމް އިއްވާފައިވާ ހ.ލޮބީ ޙުސައިން ޙުމާމް
ރަޙުމްކުޑަ ގޮތަކަށް ޝަހީދު ކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް އަލީއަށް އިންސާފު ހޯދައިނުދެވުމަކީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ޑރ. އަފްރާޝީމްގެ މަރަށް 9 އަހަރު ވުމާ ގުޅުވައި، އެމަނިކުފާނު ފުރުއްވަމުން ގެންދެވި އުނގޫފާރު ދާއިރާގެ ގޮނޑި މިހާރު ތަމްސީލު ކުރަށްވަމުން ގެންދަވާ ވައްޑެ ވިދާޅުވީ، މަރްޙޫމް ޑޮކްޓަރ އަފްރާޝީމް ޢަލީއަށް ވަރަށް ލާއިންސާނީ ރަހުމުކުޑަ އަނިޔާދީ އަވަހާރަކޮށްލިތާ ބަރާބަރު 9 އަހަރު ވެއްޖެ ކަމަށެވެ. ނަމަވެސް މި ޖަރީމާގައި ބައިވެރިވި ފަރާތްތަކާއި، ފަހަތުގައި ތިބި ބަޔަކު ނުހޯދި، އިންސާފު ޤާއިމް ނުކުރެވި މިހާ ދިގު މުއްދަތެއް ފާއިތުވެގެން ދިޔުމަކީ ލަދުވެތިކަމުގެ އިންތިހާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ޑރ. އަފްރާޝީމަށް އިންސާފު ހޯދައިދިނުމަށް ވެފައިވާ ވަޢުދަށް އިޝާރާތް ކުރަށްވައި ވައްޑެ ވިދާޅުވީ، މިފަދަ ޖަރީމާތައް ބަލައި، ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ މިވެރިކަމުގެ އެންމެ ބޮޑު ވަޢުދުކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.



ޑރ. އަފްރާޝީމް އަވަހާރަކޮށްލީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެރޭ އެމަނިކުފާނު ދިރިއުޅުއްވި ހ. ފުންވިލުގޭ ސިޑިގޮޅި ކައިރީގައެވެ. މިމައްސަލާގައި ދަޢުވާކުރި މީހުންގެ ތެރެއިން ކުށް ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމް އަހުމަދަށް އިއްވި މަރުގެހުކުމް ސުޕްރީމް ކޯޓުންވެސް ވަނީ ދަމަހައްޓާފައެވެ. މި ލާއިންސާނީ ހަމަލާގައި ބައިވެރިވި އަދި މިކަމުގެ ފަހަތުގައި ތިބި ބަޔަކު މިހާތަނަށްވެސް ހޯދިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން