ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް މަރާލާފައިވާ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްޖެއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހީމްގެ އިތުރުން، ހއ. ދިއްދޫ، ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށެވެ. މި 3 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ މިމައްސަލައިގެ އަޑުއެހުން މިއަދު ހެނދުނު 09:00 ޖަހާއިރު ބާއްވަން ތާވަލްކޮށްފައި ވީނަމަވެސް މި އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

އެގޮތުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ މައްސަލައިގައި ދައުވާލިބޭ ފަރާތެއްކަމަށްވާ ހަމްދޫން ހަމްޒަތު ބަލިވުމުގެ ސަބަބުންކަމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ކްރިމިނަލް ކޯޓަށް އަންގާފައެވެ. މި މައްސަލައިގައި ހަމްދޫން ހަމްޒަތުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، މިޖުވާދު މާލިކުގެ މައްޗަށްވެސް އުފުލާފައިވަނީ ހަމަ މި ދައުވާއެވެ.

މީގެ އިތުރުން، މި މައްސަލައިގައި އިބްރާހީމް ވިޝާމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމަށް އެހީތެރިވެދިންކަމުގެ ދައުވާއެވެ. ވިޝާމްގެ މައްޗަށް މި ކުށުގެ ދައުވާ އުފުލާފައިވަނީ، ވ. ފުލިދޫން މާލެއަށް އާގިލް އައި ލޯންޗު ހަމަޖައްސައިދީ އެ ދަތުރުގެ މައުލޫމާތު މަރާލުމުގައި ބައިވެރިވި މީހުންނަށް ފޯރުކޮށްދިނުމުގެ ތުހުމަތު ކުރެވޭތީއެވެ.

އާގިލް މަރާލާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހު އެމްއެމްއޭ ސަރަހައްދުގައެވެ.



ކިޔުންތެރިންގެ ހިޔާލު