އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅުގެ މަސައްކަތް ދެ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު މީހަކު ވަދެ އެ ގޭގައި ހުރި ސީސީޓީވީ ކެމަރާ ސިސްޓަމް ވަނީ ހަލާކުކޮށްލައި އެގެއަށް ވަންނަން މަސައްކަތްކޮށްފައެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލުމާއި ގުޅިގެން އެމަނިކުފާނުގެ ސަލާމާތާއި ރައްކާތެރިކަމާއި މެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިވަގުތު އުއްތަމަ ފަނޑިޔާރަށް ހަމަޖައްސައިދެނީ ވަގުތީ އިންތިޒާމެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ދިރިއުޅުއްވަށް ތައްޔާރުކުރާ ތަން ދެ ހަފްތާގެ ތެރޭގައި ނިމެނޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މަބުރޫކް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ހަމަޖައްސަނީ ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވި ރެހެންދި އެޕާޓްމަންޓެކެވެ.
އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމާފައިވަނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާއި ގުޅިގެންނެެވެ.
ރައީސްގެ އެންގެވުމާއި ގުޅިގެން އުއްތަމަ ފަޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު ވެސް ވަނީ ބަދަލުތަކެއް ގެނަސްފައެވެ.
ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެއް ކަމަށެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު ވެސް ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގަ އެވެ.

ކިޔުންތެރިންގެ ހިޔާލު