ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ނާއިފް ޢަރަބް ޔުނިވަރސިޓީ ފޮރ ސެކިޔުރިޓީ ސައިންސަސްއާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން "ދަ އިންޓަރނޭޝަނަލް ޕްރޮގްރާމް ފޮރ ކޮމްބެޓިންގ އެކްސްޓްރީމިޒަމް އެންޑް ޓެރަރިޒަމް"ގެ ނަމުގައި ފެށި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ ޓެރަރިސްޓް ޖަމާޢަތްތަކުން މީހުން ރެކްރޫޓުކުރުމަށާއި ޙަމަލާތައް ރޭވުމަށް އިންޓަރނެޓާއި ސޯޝަލްމީޑިޔާ ބޭނުންކުރަމުންދާކަމަށާއި، އެންމެން އެފަދަ ކަންކަމަށް ސަމާލުވާންޖެހޭކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ކްރިޓިކަލް ތިންކިންގގެ ހުނަރުތައް އަށަގަންނުވައި، އަނިޔާވެރިކަމާއި ދުރުވުމަށާއި، ޤަނޫނުތަކާއި އިންސާނީހައްޤުތައް ޒުވާނުންނަން އުނގަންނައިދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ. އެގޮތުން ޓެރަރިޒަމާއި ހަރުކަށިފިކުރު ހުއްޓުވުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން މަސައްކަތް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ މިފަދަ ކަންކަމުން އަރައިގަނެ އެފަދަ ކަންކަން ހުއްޓުވުމަށް މުޅި މުޖުތަމަޢުގެ ޒިންމާ ބޮޑުކަމަން ފާހަގަ ކުރަށްވާފައެވެ. އެގޮތުން ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުދީ ފެންވަރުގައިވެސް ވިސްނަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ލިބޭ އެކި މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްވެސް ގޮވާލައްވާފައެވެ.
"ދަ އިންޓަރނޭޝަނަލް ޕްރޮގްރާމް ފޮރ ކޮމްބެޓިންގ އެކްސްޓްރީމިޒަމް އެންޑް ޓެރަރިޒަމް" ނިރުބަވެތިކަމާއި ހައްދުފަހަނައަޅާދިއުމާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމަކީ، ޓެރަރިޒަމްއާއި ހަރުކަށިފިކުރު ހުއްޓުވައި ތަހައްމަލުކުރުމުގެ ސިފަތައް ލިބިފައިވާ އަމާން ބަދަހި މުޖުތަމައެއް ޤާއިމްކުރުމުގައި ދީނީ ޢިލްމުވެރިންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންގެ ދައުރާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރުމުގެ މަޤްޞަދުގައި ފެށި މަސައްކަތު ބައްދަލުވުމެކެވެ. އަދި މި މަސައްކަތުގައި ޙަރަކާތްތެރިވާ ސަރުކާރުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަކީވެސް މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދެކެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގެ ހުރިހާ ސެޝަންތަކެއްވެސް ނަންގަވައިދެއްވާނީ ނާއިފް ޢަރަބް ޔުނިވަރސިޓީގެ ފަންނީ މާހިރުންނެވެ. މި މަސައްކަތު ބައްދަލުވުމުގެ އިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި އެ ސެންޓަރ ގުޅިގެން ބާއްވާ އޯޕަން ފޯރަމެއް ހޯމަ ދުވަހުގެ ރޭ އޮންނާނެކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެފައިވެއެވެ.
ނާއިފް ޢަރަބް ޔުނިވަރސިޓީއާއި ގުޅިގެން 2019 ވަނަ އަހަރުވެސް ރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވަނީ މިފަދަ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.

Minister Dr Hassan delivered the keynote speech at @NCTCMaldives's program for combating extremism & terrorism, urging educators & religious scholars to make use of the knowledge they gain in the workshop to promote & safeguard our religious & national values. pic.twitter.com/OoNuIcSULZ
— Ministry of Higher Education (@MoHEmv) October 3, 2021
މިނިސްޓަރ ވަނީ މިފަދަ ކަންކަމުން އަރައިގަނެ އެފަދަ ކަންކަން ހުއްޓުވުމަށް މުޅި މުޖުތަމަޢުގެ ޒިންމާ ބޮޑުކަމަން ފާހަގަ ކުރަށްވާފައެވެ. އެގޮތުން ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުދީ ފެންވަރުގައިވެސް ވިސްނަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ލިބޭ އެކި މަޢުލޫމާތުތަކުގެ ސައްޙަކަން ކަށަވަރުކުރުމަށްވެސް ގޮވާލައްވާފައެވެ.
"ދަ އިންޓަރނޭޝަނަލް ޕްރޮގްރާމް ފޮރ ކޮމްބެޓިންގ އެކްސްޓްރީމިޒަމް އެންޑް ޓެރަރިޒަމް" ނިރުބަވެތިކަމާއި ހައްދުފަހަނައަޅާދިއުމާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމަކީ، ޓެރަރިޒަމްއާއި ހަރުކަށިފިކުރު ހުއްޓުވައި ތަހައްމަލުކުރުމުގެ ސިފަތައް ލިބިފައިވާ އަމާން ބަދަހި މުޖުތަމައެއް ޤާއިމްކުރުމުގައި ދީނީ ޢިލްމުވެރިންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންގެ ދައުރާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރުމުގެ މަޤްޞަދުގައި ފެށި މަސައްކަތު ބައްދަލުވުމެކެވެ. އަދި މި މަސައްކަތުގައި ޙަރަކާތްތެރިވާ ސަރުކާރުގެ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަކީވެސް މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދެކެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގެ ހުރިހާ ސެޝަންތަކެއްވެސް ނަންގަވައިދެއްވާނީ ނާއިފް ޢަރަބް ޔުނިވަރސިޓީގެ ފަންނީ މާހިރުންނެވެ. މި މަސައްކަތު ބައްދަލުވުމުގެ އިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި އެ ސެންޓަރ ގުޅިގެން ބާއްވާ އޯޕަން ފޯރަމެއް ހޯމަ ދުވަހުގެ ރޭ އޮންނާނެކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެފައިވެއެވެ.
ނާއިފް ޢަރަބް ޔުނިވަރސިޓީއާއި ގުޅިގެން 2019 ވަނަ އަހަރުވެސް ރާއްޖޭގެ ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވަނީ މިފަދަ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު