ސަރުކާރުން ދާއިރާގެ ތަރައްޤީއަށްކުރާ މަސައްކަތްތަކުގައި ކައުންސިލުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފ. މަގޫދޫ ކައުންސިލާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެތެރޭގައި ރަށުގައި އެއަރޕޯޓެއް އެޅުމާއި، ރަށަކީ ޔުނިވަރސިޓީއެއް ހިންގާ ރަށަކަށްވުމާއިއެކު ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެގޮތް ހެދުމުގެ މުހިންމުކަމާއި، އޭޓީއެމްއެއް ޤާއިމުކުރުމުގެ މުހިންމުކަމާއި، ސްކޫލްގައި ލައިބްރަރީއެއް ޤާއިމުކުރުމާއި، ފުޓްސަލް ދަނޑުގެ މަސައްކަތާއި، ކައުންސިލްގެ ބަޖެޓްގެ ދަތިކަމާ ގުޅޭ ވާހަކަތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައި ހަމަޖެއްސެވެން ހުރި ކަންކަން ހަމަޖައްސަވާނެކަމުގައި ވިދާޅުވެފައެވެ. މިގޮތުން، ޓަރފް ދަނޑުގެ މަސައްކަތާއި ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ މައްސަކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިޔަށް ގެންދަވާނެކަމަށާއި، ރަށުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބިން ހިއްކުރުމުގެ މަސައްކަތުގެ ފަހުގެ މަޢުލޫމާތު އެމަނިކުފާނު ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު