އިސްލާމީ މަރުކަޒުގައި މަޣުރިބް ނަމާދު ކުރަން ބަޔަކު ތިއްބައި އިމާމު ކުރިމައްޗަށް މީހަކު ކުޑަކަމު ދިޔަ މައްސަލައެއް ފުލުހުން ތަހުގީގް ކުރަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މިރޭ ބުނީ، އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބާ މީހަކު އިމާމު ކުރިމައްޗަށް ކުޑަކަމު ދިޔަކަމަށް ބުނާ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އިސްލާމީ މަރުކަޒުގައި ނަމާދު ކުރަން ހުރި އިމާމުގެ ކުރިމައްޗަށް، ގިބްލައަށްވާ ގޮތަށް މީހަކު ކުޑަކަމު ގޮސްފައިވާއިރު، ރައީސް އޮފީހުގެ ގޭޓު ކައިރިއަށާއި ހުކުރު މިސްކިތު ތެރެއަށް މީހަކު ކުޑަކަމުދިޔަ މައްސަލައެއް ވެސް ފުލުހުން މިހާރު އަންނަނީ ބަލަމުންނެެވެ. އެ ތަންތަނަށް ކުޑަކަމު ދިޔަ މީހާ ހައްޔަރުކުރި ކަން ނުވަތަ ނޫން ކަމެއްވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު