އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހަންމަދު ސާލިިޙަށް ލިބިވަޑައިގެންނެވުމުން އެޕާޓީ ދެމިއޮތުމަށް ހުރަހެއް ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

ދާދިފަހުން ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ދާއިރާ ތަކުގެ އިންތިޚާބުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކުރީ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހަންމަދު ސާލިޙަަށް ވަފާތެރި މެމްބަރުންނެވެ. އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ޕާޓީ ދެ ފެކްޝަނަކަށް ބެހިފަައިވާ މި ދަނޑިވަޅުގައި ބޭއްވި ވާދަވެރި ގައުމީ މަޖިލީހުގެ އިންތިޚާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް ބޮޑު މެޖޯރިޓީއެއް ރައީސް ސާލިޙު ވަނީ ހޯއްދަވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ، ‏އެމްޑީޕީގެ މަޖްލިސް އެކުލެވިގެންވަނީ ސަރުކާރުގަތިބި އެމްޑީޕީގެ ވަޒީރުންނާއި ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންވެސް ހިމަނައިގެންކަމަށެވެ.



އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 97 ގޮނޑީގެ ތެރެއިން 70 ގޮނޑި ރައީސް ސާލިޙާއި ސަރުކާރު ދަމަހައްޓާ މެމްބަރުން ކާމިޔާބު ކޮށްފައިވާއިރު އެއީ އެމްޑީޕީ ދެމިއޮތުމަށް އޮތް ހުރަހެއް ނޫން ކަމަށް އެޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަންވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު، އެމްޑީޕީން ބުނެފައިވަނީ 25 ސެޕްޓެމްބަރ 2021 ގައި ބޭއްވި ދާއިރާތަކުގެ އިންތިޚާބު 2021 ގައި އެޕާޓީގެ 93،612 މެންބަރުންގެ ތެރެއިން 47،100 (%50.31) މެންބަރުން ވޯޓުލާފައިވާ ކަމަށެވެ. އިންތިޚާބުގައި ކާމިޔާބު ލިބުނީ ރައީސް ޞާލިހުގެ ފެކްޝަންގެ ކެންޑިޑޭޓުންނަށް ކަމަށް ބައެއް ފަރާތްތަކުން ބުނާ ވާހަކަތައް އެޕާޓީގެ ބައެއް ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ.

އެގޮތުން ބަރުލަމާނީ ނިޒާމާއި އެނިޒާމާ ދެކޮޅު މެންބަރުންގެ ވާދަވެރިކަމުގައި މިފަހަރު ބޭއްވި މި އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް ބަރުލަމާނީއަށް ތާއީދު ނުކުރާ ރައީސް ޞާލިހުގެ ފެކްޝަންގެ މެންބަރުން ހޯއްދެވި ކަމަށް އެފެކްޝަނުގެ ބައެއް ފަރާތްތަކުން ވިދާޅުވި ނަމަވެސް ރައީސް ނަޝީދުގެ ތާއީދާއެކު އިންތިޚާބުގައި ވާދަކުރެއްވި ބަރުލަމާނީ ފެކްޝަންގެ މެންބަރުން އެކަން ގަބޫލެއް ނުކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު