އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުގޮސްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، އިސްލާމީ މަރުކަޒުގައި މީހުން ނަމާދަށް ތިއްބާ މީހަކު އިމާމު ކުރިމައްޗަށް ކުޑަކަމު ދިޔަކަމަށް ބުނާ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މިސްކިތަށް ކުޑަކަމުދިޔަ އެމީހާ ވަނީ ރައީސް އޮފީހުގެ ގޭޓު ކައިރިއަށާއި ހުކުރު މިސްކިތު ތެރެއަށް ވެސް ކުޑަކަމު ގޮސްފައެވެެ.

ފުލުހުން ބުނީ ކުޑަކަމު ގޮސްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އެނގިފައިވާ ކަމަށެވެ. އަދި މައްސަލަ މިހާރު ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް އެމީހާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން ސަރުކާރުގެ ކަމާބެހޭ އިދާރާއިން ކަށަވަރުކޮށްދީފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު