3 އޮކްޓޫބަރަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަނޑައަޅުއްވައިފިއެވެ.
3 އޮކްޓޫބަރަކީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ކަނޑައެޅުއްވިކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި މިހާތަނަށްވެސް ފާހަގަކުރަމުން އަންނަނީ ސެޕްޓެމްބަރުމަހުގެ 27 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ޓޫރިޒަމް ދުވަސްކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި 3 އޮކްޓޫބަރަކީ ރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވިއެވެ.
ރައީސް ސާލިހުގެ ވާހަކަފުޅުގައި ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ފެށިގެން އައި ގޮތާއި، މިހާރު އިންޑަސްޓްރީ އޮތް ހާލަތަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި "50 އަހަރު" ފުރުން ފާހަގަކުރުމަށް ތައްޔާރުކުރި ހާއްސަ ޅެމެއް ވަނީ ރައީސް ސާލިހުއަށް ވެދުމަށް އަރުވާފައެވެ.
މިރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެެރިވާ އިސް ފަރާތްތަކުން ބައިވެރިވިއެވެ.

Countdown to 50th Anniversary of #Maldives Tourism - live from @KurumbaMaldive #VisitMaldives #MaldivesTourism50 https://t.co/Kks3T6dTDM pic.twitter.com/2GjY5pSuTt
— Ministry of Tourism (@MoTmv) October 3, 2021
ރައީސް ސާލިހުގެ ވާހަކަފުޅުގައި ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ފެށިގެން އައި ގޮތާއި، މިހާރު އިންޑަސްޓްރީ އޮތް ހާލަތަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި މި ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި "50 އަހަރު" ފުރުން ފާހަގަކުރުމަށް ތައްޔާރުކުރި ހާއްސަ ޅެމެއް ވަނީ ރައީސް ސާލިހުއަށް ވެދުމަށް އަރުވާފައެވެ.
މިރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެެރިވާ އިސް ފަރާތްތަކުން ބައިވެރިވިއެވެ.
ކިޔުންތެރިންގެ ހިޔާލު