މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވިލާ ގްރޫޕްގެ ޗެއަރމަން ގާސިމް އިބްރާހިމަކީ ވަރަށް މަސައްކަތުން ކުރިއަރައިގެންދިޔަ ބޭފުޅެއްކަމަށް ވިދާޅުވެ، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ކެރަފާ އަހުމަދު ނަސީމް މިރޭ ގާސިމަށް ވަރަށް ބޮޑަށް ތަޢުރީފު ކުރަށްވައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ މިހާރަކަށް އައިސް ރާއްޖޭގެ މުޖްތަމައުުގައި ވިޔަފާރިވެރިންނާއި ދިމާލަށް ބުނަންނުޖެހޭ އެއްޗެހި ބުނަމުންދާކަމަށެވެ. ނަމަވެސް އެބޭބޭފުޅުންނަކީ ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖެހުމުގެ މަސައްކަތް ފެށި ފަރާތްތަކަށްވާއިރު، އެފަރާތްތަކަށް ހައްގު އިހްތިރާމް އަދާކުރަންޖެހޭނޭކަމަށް ނަސީމް ވިދާޅުވިއެވެ.
މިސަރުކާރުގެ ހެލްތު މިނިސްޓަރުކަން ވެސް ކުރަށްވާ ނަސީމް ވިދާޅުވީ ރާއްޖޭގެ ވިޔަފާރީގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވިލާ ގްރޫޕްގެ ޗެއަރމަން ގާސިމް އިބްރާހިމަކީވެސް ވަރަށް ބުރަ މަސައްކަތްކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުމެވަޑައިގެންނެވި ބޭފުޅެއްކަމަށެވެ. އަދި ގާސިމަކީ ކަންކަން އެހެން މީހުން ކައިރިން ދަސްކުރަށްވައިގެން، އެހެން މީހުންނަށްވެސް ވިޔަފާރީގައި އެންމެ ކުރީއްސުރެ އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެއްކަމަށް ނަސީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރިސޯޓްތައް ހިންގިއިރު ގާސިމް ތެޔޮވެސް ފޯރުކޮށްދެއްވާނެ. ރިޔާ ނަގާފައި އިން ދޯންޏެއްގައި ގާސިމް ދަތުރުކުރައްވާނެ ތެޔޮ ފޯރުކޮށްދެމުން. ބައެއް ފަހަރު ފީފާ ނެތީމަ، ފީފާ ފޯރުކޮށްދެން. އެކަހަލަ ގޮތަކަށް ގާސިމް އުޅުއްވީ." ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ ގާސިމް އިބްރާހިމްގެ ވާހަކަ ދައްކަންޖެހޭ ސަބަބެއް އެބައޮތްކަމަށާއި، އެއީ ގާސިމަކީ ބުރަ މަސައްކަތުން ކާމިޔާބު ހޯއްދެވި ބޭފުޅަކަށްވާތީކަމަށެވެ.
"ގާސިމްގެ ވާހަކަ މިދައްކަނީ ހަމަ ރީއްޗަށް މަސައްކަތުން ކުރިއަރައިގެން ދިޔަ މީހަކަށް ވާތީ. މީހުން ބުނެފާނެ އޭނާ މިވެނި ހެނޭ، އެވެނި ހެނޭ... އެއީ ހުސް ބުހުތާނު ދޮގު. މީހުން މަސައްކަތްކޮށްގެނޭ ކާމިޔާބު ހޯދަނީ. މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ. އެއް އަމާޒަކަށް މަސައްކަތްކޮށްފިއްޔާ އެ އަމާޒުން ކާމިޔާބު ލިބޭނެ." މާމިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތަޢުރީފު ކުރަށްވައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވިއެވެ.
ނަސީމް ވިދާޅުވީ މަސައްކަތްކުރާ މީހުންނާމެދު އަޅުގަނޑުމެން ދެކޭ ގޮތް ބަދަލުކުރަންޖެހޭކަމަށާއި މަހުޖަނުންނާއި ދިމާލަށް އެއްޗެހި ގޮވަންވީކީ ނޫންކަމަށެވެ. އަދި އެމީހުންނަށް އިހްތިރާމްކޮށް، އެއްބާރުލުން ދޭންޖެހޭކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު