ފުލުހުންގެ ވަޒީފާގައި ތިބި އޮފިސަރުންގެ ތެރެއިން ބައެއް އޮފިސަރުން ވަކިކުރަން ނިންމެވި ނިންމެވުމަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައި ނުވާނޭކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ފުލުހުންގެ އިސް 7 އޮފިސަރަކު ވަޒީފާއިން ވަކިކޮށް، ފިޔަވަޅު އަޅަން ނިންމީ އިންސާފުންތޯއާއި، އަދި އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައިވޭތޯ ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.
ޝިޔާމްގެ ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ފުލުހުންގެ ބޯޑުން މިމައްސަލައިގައި އަމަލުކޮށްފައިވަނީ ޤާނޫނުގެ ތެރެއިން ބޯޑަށް ލިބިދީފައިވާ އިހުތިޔާރުގެ ދަށުންކަމަށެވެ. އަދި ބޯޑުން ނިންމި ނިންމުމުގައި މިނިސްޓަރގެ ހައިސިއްޔަތުންވެސް އަދި ސިޔާސީ އެހެން ބޭފުޅެއްގެ ފަރާތުންވެސް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެ ނިންމުންތަކަކީ ބޯޑުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޤާނޫނުގެ ތެރެއިން ނިންމާފައިވާ ނިންމުންތަކެއްކަމަށެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، އެސިސްޓެންޓް ކޮމިޝަނަރ އަހްމަދު މުހައްމަދު (ޓޫފޯ) އާއި އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ޖަމްޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ވަނީ ނޯޓިސް ފޮނުއްވާފައެވެ.
މިއީ ހިދުމަތުގައި ދެމިތިބި ހަތް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުގެ ނިންމެވުން ދިރާސާކުރެއްވުމަށް ފަހު މި ދެ ބޭފުޅުން ވަކިކުރުމުގެ އިޖުރާއަތު ފަށަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ފޮނުއްވި ނޯޓިސްއެކެވެ.
ނަމަވެސް ފުލުހުން މިކަމާއި ގުޅިގެން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
އޭސީޕީ ޖަމްޝީދާއި އޭސީޕީ އަހުމަދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީއާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު، އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްވެސް ވަކިކުރަން ޕޮލިސް ބޯޑުން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުޢައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.
އައު ގާނޫނު ބުނާ ގޮތުން ގާނޫނަށް އަަމަލު ކުރާއިރު ތިބި ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި އެ މީހުން މަގާމުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު