ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޚާއްސަގޮތުންކުރާ އާންމު ޖަލްސާއެއް މިމަހު ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަލްސާ ބާއްވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް 2 ޑިރެކްޓަރުން ހޮވުމަށެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށްކަމަށެވެ. މި ޖަލްސާ އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮޒިޓަރީގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށެވެ.
މި ޖަލްސާގައި ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް 1 ޑިރެކްޓަރަކު އަދި އާންމު ހިއްސާދާރުންގެ ފަރާތުން 1 ޑިރެކްޓަރަކު އައްޔަންކުރުން އޮންނާނެއެވެ. ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރުމަށް ހުށައަޅާފައިވަނީ ސ. ހިތަދޫ، ތަރިވިދާގެ ޢާއިޝަތު ސަޖްނީއެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުކަމަށް 2 ފަރާތެއް ވަނީ ހުށައަޅާފައެވެ. އެއީ ހއ. ފިއްލަދޫ، ކަރަންކާވިލާ އަބްދުالله ނަސީމާއި، ދަފްތަރު ނަންބަރ ރސ 94-341 ޢަޒްލީމާ އަޙްމަދެވެ.
ބީއެމްއެލްގެ ބޯޑުގައި މުޅި ޖުމްލަ ތިބެނީ 11 މެންބަރުންނެވެ. އެއީ ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަންކުރާ 8 މެންބްރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަންކުރާ 3 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު