އަހުމަދު މަސްނޫމް   4 އޮކްޓޯބަރު 2021 - 18:44
ޖަޕާނު ސަރުކާރުން ރާއްޖެއަށް 3 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން 3 މިލިއަން ޑޮލަރުގެ މިއެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކެއިކޯ ޔަނައީއެވެ.

ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން 400 މިލިއަން ޖަޕަނީސް ޔެން ނުވަތަ 3 މިލިއަން ޑޮލަރުގެ އެހީއަކީ އިޤްތިޞާދީ ކަންކަމާއި އިޖްތިމާއީ ކަންކަމަށް ފޯރުކޮށްދިން އެހީއެކެވެ.

މި އެހީގެ ތެރެއިން ރަށްރަށަށް ޒަމާނީ ސީ އެމްބިއުލާން ފޮނުވުމުގެ މަސައްކަތަށް ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.



މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލް ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ސީ އެމްބިއުލާންސްއަށް އޮންނަ ޑިމާންޑް ބޮޑުވެފައިވާކަމަށެވެ. އެހެންކަމުން ޖަޕާނުން ފޯރުކޮށްދިން އެހީއަކީ ސީ އެމްބިއުލާންސްގެ ހިދުމަތް ތަރައްޤީކުރުމަށް ލިބިގެންދިޔަ ބޮޑު އެހީއެއްކަމަށް ހަލީލް ވިދާޅުވިއެވެ.

ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދިން 3 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީއާއި، ޑިފެންސް މިނިސްްޓްރީ، ހެލްތު މިނިސްޓްރީ އަދި ޖަޕާނު އެމްބަސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު