އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ގެކޮޅަށް ވަގަށް ވަންކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ 7 ދުވަސް ދީފައެވެ.

 

އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައިގެން، އެ ގެކޮޅަށް ވަންނަން މީހަކު މަސައްކަތްކުރި މައްސަލައެއް ފެންމަތިވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެމީހާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހެއް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ހާދިސާ އާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ މިހާރު ވަނީ ވަރުގަދަކޮށްފައެވެ.

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ޚާއްސަ ގެކޮޅެއް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެެ.



ކިޔުންތެރިންގެ ހިޔާލު