ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފޭސްބުކްގައި މަރުގެ އިންޒާރު ދިން މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، ރައީސް ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންގެ އިދާރާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ އިންޒާރާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އެވެ.
ރައީސް ޔާމީނަށް ފޭސްބުކްގައި އިންޒާރު ދިން މައްސަލަ ބަލައިދިނުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފުލުހުންނަށް ވަނީ ހުށައަޅާފައެވެ. އެމަނިކުފާނަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެ ކޯލިޝަނުން ވަނީ ފުލުހުންގެ ކިބައިން އެދިފައެވެ.
ރައީސްޔާމީނަށް ނިސްބަތްކޮށް ޝޯޝަލް މީޑިޔާ ޕްލެޓް ފޯމް، ފޭސްބުކްގައި ކުރި ކޮމެންޓެއްގައި މީހަކު ބުނީ "ރައީސް ޔާމީނަކީ މަރަންޖެހޭ މީހެއް" ކަމަށެވެ.
ރައީސް ޔާމީން މިވަގުތު ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެެވެ. ރައީސް ޔާމިން މިވަގުތު ހުންނެވީ ގޭބަންދުގައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާ ތަކެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު