އަމިއްލަ ކުންފުނި ތަކުން އޭޖެންސީތައް މެދުވެރިކޮށް ބިދޭސީން ގެނައުމަށް މަޖުބޫރު ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީފާތަކަށް ބިދޭސީން ގެންނަ އެޖެންސީތަކުން ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ، އަމިއްލަ ކުންފުނި ތަކުން އެޖެންސީތައް މެދުވެރިކޮށް ބިދޭސީން ގެނައުމުގައި މަޖުބޫރު ކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި އެޖެންސީ ތަކަކީ އޭގެ ޒާތުގައި ވިޔަފާރީގެ ގޮތުގައި ހިންގާ ތަންތަން ކަމަށެެވެ. މިނިސްޓަރު ވިދާޅުވީ ވިޔަފާރި ކުންފުނި ތަކުން ބިދޭސީން ގެންނަންޖެހޭނީ އޭޖެންސީތައް މެދުވެރިކޮށް ކަމަށް ގާނޫނުގައި ނުލިޔެވޭނެ ކަމަށެވެ.
"އެގޮތަށް ހޯދާކަށް ވެސް މަޖުބޫރެއް ނުކުރަން، މިހާރު އެއްވެސް މަނާކަމެއް ނޫން އެއީކީ، މިހާރު ވެސް އެމްޕްލޯއިމަންޓް އޭޖެންސީތަކުން ބައިވަރު އަމިއްލަ ވިޔަފާރިތަކުގައި، އެކަންކަން ކުރާ އެމްޕްލޯއިމަންޓް އޭޖެންސީތައް އެބަހުރި، ވިޔަފާރިތައް އެކަން ކުރަނީ އަމިއްލަ އަށް،" އިކޮންމިކް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކަށް ބިދޭސީން ގެންނަންވާނީ އެޖެންސީތައް މެދުވެރިވެގެން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި އެޖެންސީތައް ބޭނުން ކުރުމަށް އައު ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން މިހާރު އެގަވާއިދުގެ ފުރަތަމަ ޑްރާފްޓްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މި މަހުގެ 15 ހިސާބުގައި އެޖެންސީ ތަކާއެކު މަޝްވަރާ ކުރެވޭނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެެވެ. އޭޖެންސީތަކަށް ފުރުސަތު ހުޅުވާލާއިރު ވަރަށް ވަރުގަދަ ކޮންޓްރޯލްތަކެއްވެސް ހިމަނާނެކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ވިސްނުން ހުރީ ސަރުކާރުން އަމިއްލައަށް ރެކްރޫޓްމަންޓް ކޮށްގެން ނުވާނެ، އެއީ ގާނޫނުގައި އޮވެގެން ނެތި ގެނެއް ނޫން، ސަރުކާރުގެ ރެކްރޫޓްމަންޓް ކުރުމަށް ޕްރޮފެޝަނަލް އެމްޕްލޯއިމަންޓް އޭޖެންސީތައް ބޭނުންކުރުމަށް އަޅުގަނޑުމެން އާ ގަވާއިދު ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން." ފައްޔާޒު ވިދާޅުވިއެެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން، ވަޒީފާތަކަށް ބިދޭސީ މުވައްޒަފުން ގެންނަ އޭޖެންސީތަކުން ހުށަހަޅުއްވާފައިވާ ޕެޓިޝަންއާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/ia67uoa09y
— People's Majlis (@mvpeoplesmajlis) October 4, 2021
"އެގޮތަށް ހޯދާކަށް ވެސް މަޖުބޫރެއް ނުކުރަން، މިހާރު އެއްވެސް މަނާކަމެއް ނޫން އެއީކީ، މިހާރު ވެސް އެމްޕްލޯއިމަންޓް އޭޖެންސީތަކުން ބައިވަރު އަމިއްލަ ވިޔަފާރިތަކުގައި، އެކަންކަން ކުރާ އެމްޕްލޯއިމަންޓް އޭޖެންސީތައް އެބަހުރި، ވިޔަފާރިތައް އެކަން ކުރަނީ އަމިއްލަ އަށް،" އިކޮންމިކް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކަށް ބިދޭސީން ގެންނަންވާނީ އެޖެންސީތައް މެދުވެރިވެގެން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުން ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި އެޖެންސީތައް ބޭނުން ކުރުމަށް އައު ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން މިހާރު އެގަވާއިދުގެ ފުރަތަމަ ޑްރާފްޓްގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މި މަހުގެ 15 ހިސާބުގައި އެޖެންސީ ތަކާއެކު މަޝްވަރާ ކުރެވޭނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެެވެ. އޭޖެންސީތަކަށް ފުރުސަތު ހުޅުވާލާއިރު ވަރަށް ވަރުގަދަ ކޮންޓްރޯލްތަކެއްވެސް ހިމަނާނެކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ވިސްނުން ހުރީ ސަރުކާރުން އަމިއްލައަށް ރެކްރޫޓްމަންޓް ކޮށްގެން ނުވާނެ، އެއީ ގާނޫނުގައި އޮވެގެން ނެތި ގެނެއް ނޫން، ސަރުކާރުގެ ރެކްރޫޓްމަންޓް ކުރުމަށް ޕްރޮފެޝަނަލް އެމްޕްލޯއިމަންޓް އޭޖެންސީތައް ބޭނުންކުރުމަށް އަޅުގަނޑުމެން އާ ގަވާއިދު ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން." ފައްޔާޒު ވިދާޅުވިއެެވެ.
ކިޔުންތެރިންގެ ހިޔާލު