ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ޝުކުރު ހައްގުކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިހާދު ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން މުޅި ރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތް މެދު ކެނޑުމެއްނެތި ދަނީ ބާރަށްކުރިއަށްކަމަށެވެ. އަދި ކޯވިޑާއި ގުޅިގެން އިޤްތިޞާދު އެއްކޮށް ފުނޑި، ދުނިޔެ ހުއްޓިފައި އޮތް ހާލަތުގައިވެސް ﷲގެ އިރާދަފުޅާއެކު ކުރެވެމުންދާ މަސައްކަތަށް ޝުކުރު ހައްޤުކަމަށް ނިހާދު ވިދާޅުވިއެވެ.



ނިހާދު ވިދާޅުވީ މިއަދު މިއޮތީ ރައްޔިތުންގެ އަޑު އަހާ ސަރުކާރެއްކަމަށެވެ. އަދި ބައެއް އަތޮޅުތައް ވިއްކާލަން ކުރީގެ ސަރުކާރުތަކުން ފައިސާ ނެގިޔަސް، މި ސަރުކާރުން އެފަދަކަމެއް ނުކުރާނެކަމަށް ނިހާދު ވިދާޅުވިއެވެ.



ނިހާދު ވިދާޅުވީ މި ސަރުކާރު އޮންނާނީ ރައްޔިތުންނާއެކުގައި ކަމަށާއި، އޭގެ ކިތަންމެ ހެއްކެއް ފެންނަން އެބަހުރިކަމަށެވެ.

ނިހާދު ސަރުކާރަށް ތާއީދުކޮށް ވާހަކަދައްކާފައި މިވަނީ، ފިއްލަދޫގެ އިހްތިސާސްގެ ދަށުގައި އޮތް ދައްޕަރު އެރަށުގެ އިހްތިސާސުން ނެގުމަށްފަހު، ރައްޔިތުންނާ ކައުންސިލްގެ އެދުމުގެ މަތިން އަލުން އެރަށުގެ އިހްތިސާސްގެ ތެރޭގައި އެރަށް ހިމަނާފައިވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު