ކޯވިޑްގެ ތެރޭގައި ދިވެހި މުދައްރިސުން ވެވަޑައިގަތީ ބޮޑު ޤުރުބާނީއެއްކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ވަނީ ސްކޫލުތަކުގައި ކިޔަވައިދެއްވަމުންގެންދާ މުދައްރިސުންނަށާއި ކުރިން މުދައްރިސްކަންކޮށް އެމަސައްކަތުން މިހާރު ވަކިވެވަޑައިގެންފައިވާ ފަރާތްތަކާއި މުދައްރިސުކަމަށް ލޯބިކުރާ ފަރާތްތަކަށް ދުވަހުގެ ތަޙްނިޔާ ފޮނުވާފައެވެ.
މިއަހަރުގެ މިދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "ކިޔަވައިދިނުން އިހުއޮތްގޮތަށް އިޢާދަކުރުމުގެ ހިތަކީ މުދައްރިސުން“ މިއެވެ.
މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ދެއްވި ޚިޠާބުގައި ވަނީ ކޮވިޑްގެ ދުވަސްވަރު، ކޮންމެވެސް މިންވަރެއްގެ ހަމަޖެހުމެއް ދަރިވަރުންނަށް ގެނެސްދިނީ މުދައްރިސުންގެ ޤުރްބާނީގެ ސަބަބުންކަން ފާހަގަކުރައްވާފައެވެ.
"މުދައްރިސުން މިކަން ނުކުރިނަމަ، ދަރިވަރުންނަށް ވާނޭ ގޮތް، ގޭބިސީގެ އިޖްތިމާޢީ ދިރިއުޅުމަށް އަންނާނޭ ހުސްކަން އަޅުގަނޑަށް ދަންނަވާކަށްވެސް ނޭނގޭ."މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކުގެ މުދައްރިސުންވެސް ފާހަގަކުރާ ފަދައިން އިންޓަރނެޓާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިން ކަމުގައި ވިއަސް، ކުރިން ކިޔަވައިދޭ ފެންވަރަށް، އެ މިންވަރަށް ކިޔަވައިދެވިފައި ނުވާކަމަށް ރާއްޖެގެ މުދައްރިސުންވެސް ފާހަގަކުރާކަމަށެވެ.
"އިންޓަރނެޓާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި ކިޔަވައިދިން ކަމުގައި ވިއަސް، ކުރިން ކިޔަވައިދޭ ފެންވަރަށް، އެ މިންވަރަށް ކިޔަވައިދެވިފައި ނުވާކަން މުދައްރިސުން ފާހަގަކުރޭ" މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވިދާޅުވިއެވެ.
ކޮވިޑްގެ ދަތި ޙާލަތުގައި ބަލިމަޑުކަމުން އަރައިގަތުމުގެ ސިއްރަކީ މުދައްރިސުންކަމަށާއި ރޯގާގެ ސަބަބުން މާޔޫސްވެފައިވާ މީސްތަކުންނަށް ހިތްވަރާއި ހިތްހަމަޖެހުން ކޮންމެވެސް ސިފައެއްގައި ގެނެސްދިނީ މުދައްރިސުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮވިޑާއި ގުޅިގެން ޞިއްޙީ ދާއިރާއާއި އެހެން ދާއިރާތަކުގެ މަސައްކަތްތެރީން އިޙްތިފާލު ކުރިގޮތަށް، މުދައްރިސުންގެ ރޯލު ފާހަގަކުރުމަކީ ލާޒިމްކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު