އަހުމަދު މަސްނޫމް   5 އޮކްޓޯބަރު 2021 - 16:45
"ސްޓެވޯ"ގެ ނަމުގައި ސަރުކާރުގެ ކަންރަންޓު ކުންފުނި، ސްޓެލްކޯއިން ވޯކްޝޮޕެއް ހުޅުވައިފިއެވެ.

ސްޓެލްކޯއިން ހުޅުވި "ސްޓެވޯ" ވޯކްޝޮޕަކީ ހަކަތަ އުފައްދާ ސިސްޓަމްތައް ފަރުމާކުރުމާއި ކަރަންޓު ޖެނަރޭޓަރުތަކާ ގުޅޭ މަސައްކަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދޭ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލްއެވެ.

ސްޓެވޯގެ ނަމުގައި ސްޓެލްކޯއިން ހުޅުވި މި ވޯކްޝޮޕަކީ ޕަވާ ޖެނަރޭޝަން ހިދުމަތްތަކާއި ޕަވަރ ސިސްޓަމް ޑިޒައިނިން އެންޑް ކޮމިޝަނިން އަދި ޖެނަރޭޓަރު އެސެމްބްލް ކުރުމާއި އަދި ސާވިސް ކުރުމާއި ގުޅޭ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ތަނެކެވެ. މިއީ ސްޓެލްކޯއަކީ ޔުޓިލިޓީ ކުންފުންޏަކަށްވުމާއެކު ޕްރޮޖެކްޓުތަކާއި އަދި ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނިގެން ކުރާ ކަންކަމެވެ. ނަމަވެސް ވިޔަފާރި އުސޫލުން މި ހިދުމަތްތައް ސްޓެލްކޯއިން ދޭން މިފެށީ އަލަށެވެ.

ސެޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މި މަސައްކަތަކީ އެ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލުކަމުގެ ބޭނުންކޮށްގެން ހުރިހާ ފަރާތްތަކަށް އެޚިދުމަތްތައް ފޯރުކޮށްދޭން ފެށި މަސައްކަތެއްކަމަށެވެ. މުޣުނީ ވިދާޅުވީ ސްޓެލްކޯއިން ތިމާވެއްޓާއި ރައްޓެހި ވެހިކަލްތައް އުފެއްދުމަށްވެސް ވިސްނާފައި ވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު