ކޭޝް ކާޑެއް ވަގަށް ނަގައިގެން ގިނަ އަދަދެއްގެ ފޯނު ގަނތް މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

އެކަމާއި ގުޅޭ ވީޑިއޯއެއް އާއްމުކޮށް، ފުލުހުން ބުނީ އެވީޑިއޯއިން ފެންނަ މީހާއަކީ ސެޕްޓެމްބަރުމަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، އާޓިފިޝަލް ބީޗް ސަރަހައްދުން ކޭޝް ކާޑެއް ވަގަށް ނަގައިގެން، އެ ކޭޝް ކާޑު ބޭނުންކޮށްގެން ވިޔަފާރިކޮށް ގިނަ އަދަދެއްގެ މޯބައިލް ފޯނު ގަނެފައިވާކަމަށް ތުހުމަތު ކުރެވޭ މީހެއްކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައިނުވާ މީހެއްކަމަށް ފުލުހުން ބުނެފައި ވެއެވެ.

މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓަށް އެންގުމަށްވެސް ފުލުހުން އެދުފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު