ޙަޤީޤަތުގައިވެސް ޓީޗަރުން އެ ކުރައްވަނީ މަތިވެރި ޖިހާދެއްކަމަށް ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެއްޖެއެވެ.
ޓީޗަރުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފޮނުއްވި މެސެޖެއްގައި ޕްރޮފެސަރ އުގެއިލް ވިދާޅުވެފައިވަނީ، ޓީޗަރުންނަކީ އަމިއްލަ ދިރިއުޅުން އެއްފަރާތްކޮށްފައި ދިވެހި ދަރިން ތަރުބިއްޔަތުކޮށް ބިނާ ކުރުމަށް ހާއްސަ އިސްކަމެއްދޭ ބައެއްކަމަށެވެ. އެގޮތުން މުޅި ދިވެހިރާއްޖެއަށް ތަފާތު އެކި ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމުގައި ނުހަނު ބޮޑު ރޯލެއް އަދާ ކުރާ ޓީޗަރުން އެ ކުރައްވަނީ މަތިވެރި ޖިހާދެއްކަމަށްވެސް ޕްރޮފެސަރ އުގެއިލް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އުގެއިލް ވިދާޅުވެފައިވަނީ ދިވެހިރާއްޖެއިން ފެނިގެން ދަނީ އާދަޔާ ޚިލާފު ޓީޗަރުންކަމަށާއި، އެ ބޭއްފުޅުންނަށް ކުރިމަތިވާ މާލީ ދަތި ހާލުގައިވެސް ދަރިވަރުންނަށް އުނގަންނައިދޭން އެ ކުރައްވާ ބުރަ މަސައްކަތަކީ މުޅި މުޖުތަމައު ބަލައިގަންނަން ޖެހޭނެފަދަ އަގުހުރި މަސައްކަތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އުގެއިލް ވިދާޅުވިއެވެ.
އުގައިލް ފާހަގަ ކުރެއްވި ގޮތަށް ކޯވިޑާއި ގުޅިގެން އެންމެ ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު އެއްބަޔަކީ ޓީޗަރުންނެވެ. ކޯވިޑާއި ގުޅިގެން އަހަރަކަށްވުރެ ގިނަދުވަސް ވަންދެން ރާއްޖޭގެ މުދައްރިސުންވެސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ. ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ދައްކަމާއި އަގުބޮޑު ކަމާއެކުވެސް ވޭތުވެދިޔަ އަހަރަކަށް ވުރެ ގިނަ ދުވަހު ޓީޗަރުން ކުދިންނަށް އުނގަންނައި ދީފައިވަނީ ވަރަށް ބުރަ އަދި ބޮޑެތި ތަކުލީފުތަކަކާ އެކުގައެވެ.

ތިޔަ ބޭފުޅުންގެ އަމިއްލަ ދިރިއުޅުއްވުމުގެ މައްޗަށް ތިޔަ އިސްކުރައްވަނީ ރަށާއި އަތޮޅާއި މުޅި ދިވެހި ރާއްޖެއަށް ކުރިއެރުން ހޯދައިދިނުމުގެ ޖޯޝާ ފޯރި. ހަގީގަތުގައި ވެސް ތިޔަ ކުރައްވަނީ މަތިވެރި ޖިހާދެއް.
— Professor Ugail (@ugail) October 5, 2021
މީގެ އިތުރުން އުގެއިލް ވިދާޅުވެފައިވަނީ ދިވެހިރާއްޖެއިން ފެނިގެން ދަނީ އާދަޔާ ޚިލާފު ޓީޗަރުންކަމަށާއި، އެ ބޭއްފުޅުންނަށް ކުރިމަތިވާ މާލީ ދަތި ހާލުގައިވެސް ދަރިވަރުންނަށް އުނގަންނައިދޭން އެ ކުރައްވާ ބުރަ މަސައްކަތަކީ މުޅި މުޖުތަމައު ބަލައިގަންނަން ޖެހޭނެފަދަ އަގުހުރި މަސައްކަތެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އުގެއިލް ވިދާޅުވިއެވެ.
އުގައިލް ފާހަގަ ކުރެއްވި ގޮތަށް ކޯވިޑާއި ގުޅިގެން އެންމެ ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު އެއްބަޔަކީ ޓީޗަރުންނެވެ. ކޯވިޑާއި ގުޅިގެން އަހަރަކަށްވުރެ ގިނަދުވަސް ވަންދެން ރާއްޖޭގެ މުދައްރިސުންވެސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ. ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ދައްކަމާއި އަގުބޮޑު ކަމާއެކުވެސް ވޭތުވެދިޔަ އަހަރަކަށް ވުރެ ގިނަ ދުވަހު ޓީޗަރުން ކުދިންނަށް އުނގަންނައި ދީފައިވަނީ ވަރަށް ބުރަ އަދި ބޮޑެތި ތަކުލީފުތަކަކާ އެކުގައެވެ.
ކިޔުންތެރިންގެ ހިޔާލު