ސަރުކާރުގެ ވަޒީރުންނަށް ކަންކަން ނުކުރެވެނީ ކޮންފަރާތަކުން ކޮންއިރުޝާދެއް ދޭތީތޯއޭ ވިދާޅުވެ ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ސަރުކާރުގެ ވަޒީރުންނާ ސުވާލު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިހެން ވިދާޅުވެ ސުވާލު އުފެއްދެވީ އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ މައްސަލައިގެ ބަހުސްގަައި ވާހަކަ ދައްކަވަމުންނެެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރުގެ ވަޒީރުންނަށް ކަންކަން ނުކުރެވެނީ ކޮން ފަރާތަކުން ކޮން އިރުޝާދެއް ދޭތީތޯ، ސުވާލު އުފެދޭ ކަމަށެވެ. އަދި ވަޒީރުންނަށް ކަންކަން ނުކުރެވެނީ ކޮން ވިސްނުމެއް ގެންގުޅުއްވާތީތޯ، އާދަމް ޝަރީފް ސުވާލު ކުރެއްވިއެވެ.
އާދަމް ޝަރީފް ވަނީ އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗްވި މައްސަލައަކީ ސީރިއަސް މައްސަލައެއްކަަން ފާހަގަކުރައްވައި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލައްވާފައެވެ. އަދި އެމައްސަލަ ހައްލުކުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދި މަސައްކަތް ނުކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ދޭން ޖެހޭ ސެކިއުރިޓީ ބްރީޗްވުމުގެ މައްސަލަތަކުގައި މަޖިލީހުން މިހާރު އެއްވެސް ޒިންމާއެއް ނަގަން ނުޖެހޭނެ ކަަމަށެވެ.
"މި މަޖިލީހުން އެބަ މަގުފަހިކޮށްދޭ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުގައި ތިއްބަވާ ވެރިންނަށް، މިނިސްޓަރުންނަށް މިކަންކަން ކުރުމަށް މަގުފަހި ކޮށްދޭން ކުރަން ޖެހޭ ހުރިހާ ކަމެއް މަޖިލީހުން ކުރާ ކަމަށް އަޅުގަނޑު ގަބޫލު ކުރަން." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ސިފައިންގެ ވެރިން ކުރައްވާ ކޮންމެ އަމުރަކަށް ސިފައިން ތާބަވާނެ ކަމަށެވެ. އަދި ދިވެހި ސިފައިންގެ ކިބައިގައި ގާބިލުކަން ވެސް ހުންނާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެން ނަމަވެސް ސެކިއުރިޓީ ކަންކަން ސަލާމަތީ ބާރުތަކަށް ނު ބެލެހެއްޓެނީ ކީއްވެތޯ، އާދަމް ޝަރީފް ސުވާލު ކުރެއްވިއެވެ.
"އާޚިރުގައި މީގެ ހުރިހާ ހުތުރު ނަމެއް މި ލިބެނީ ދިވެހި އަސްކަރިއްޔާއަށް، އެބޭފުޅުންނަށް އަމުރެއް ކުރައްވައިފިނަމަ އެކަން ކުރައްވާނެ. ކީއްވެގެންތޯއޭ ސަރުކާރުގެ ވެރީންނަށް މިކަން ނުކުރެވިގެން މިއުޅެނީ. ގަވާއިދުން ނެރެންޖެހޭ އަމުރުތަށް ނެރުއްވައިގެން ސަލާމަތީ ޚިދުމަތްތަށް ދެއްވަންޖެހޭ ފަރާތްތަކަށް އެ ޚިދުމަތް ނުދެވިގެން މިއުޅެނީ އަޅުގަނޑު ހިތަށް އަރާ ކީއްވެގެންބާއޭ؟" އާދަމް ޝަރީފް ވިދާޅުވިއެވެެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރަކީ ހަތަރެސްފައި ކަނޑާލައިފައި އޮތް މަސްގަނޑެއް ކަމަށާއި އަދި އެެއްވެސް ނަތީޖާއެއް ނުނެރެވޭ ސަރުކާރެއް ކަމަށެެވެ. ސަރުކާރުގެ ނާގާބިލްކަން އެހާ ބޮޑަށް ފާޅުވުމުން ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރަން އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ.
"އަޅުގަނޑުމެން އެބަޖެހޭ މީގެ ޒިންމާ ނަގަން، ސަރުކާރުން މިހާ ބޮޑެތި ފެއިލިއާސް އަންނަމުންދާއިރު، ވަޒީރުންގެ އެއްވެސް ޒިންމާދާރު ކަމެއް ނެތި މިކަންކަން ކުރަމުންދާއިރު އަޅުގަނޑުމެން ސަލާމަތީ ޚިދުމަތްތަކަށް އިނގިލި ދިއްކުރުމަށްވުރެ ދިއްކުރަން ރަނގަޅުވާނީ ސަރުކާރަށް. ސަރުކާރުގެ ވެރީން މިކަންކަން ނުކުރާ ކަމަށް ވާނަމަ މިމަޖިލީހުން ކުރަންޖެހޭ ކަމެކޭ އިތުބާރު ނެތްކަމުގެ ވޯޓް ނެގުން. އަޅުގަނޑު ދަންނަވާލަނީ އެމްޑީޕީ މެމްބަރުންނަށް ތިބޭފުޅުންނަށް ސޮއިކުރަން ކެރިވަޑައިގަތިއްޔާ އަޅުގަނޑުމެން ސޮއިކުރާނަމޭ އިސް ނަންގަވާށޭ." އާދަމް ޝަރީފް ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު