ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދޭން އެދި މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ މަައްސަލަ ހުށައަޅާފައިވަނީ މެމްބަރު ނާޒިލްގެ އަމިއްލަ ޖިންސީ ގުނަވަން ދެއްކުމަށްފަހު "މި ވީޑިއޯކޮށް ބަލާށޭ" ވިދާޅުވި ކަމަށް ބުނެ އެވެ. އެމައްސަލަ މަޖިލީހަށް ހުށައެޅުއްވީ އެވަގުތު އެތަނުގައި ހުންނެވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމެވެ.



ދެ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދި ޒުވާބު ހިނގާފައިވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން ހިނގި ބަހުސެއް ހޫނުވެގެންނެވެ. މެމްބަރު ނާޒިލް އެހެން ހެއްދެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓު ފޮއްޓެއްގެ ކައިރީގައި ނާޒިލް ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް އަސްލަމް އެމްޑީޕީގެ ގްރޫޕެއްގައި ހިއްސާކޮށްފަވަނިކޮށް އެކަމާއި މެދު ހިތްހަމަ ނުޖެހިގެންނެވެ.

މިކަމާ ގުޅޭގޮތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގެ މެންބަރެއްގެ ސިޓީއެއް ލިބިފައި އެބައޮތް ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފުސީލެއް މަޖިލީހުން ހާމައެއް ނުކުރެއެެވެ.

"މެންބަރަކު ކަމެއް ހުށަހަޅުއްވައިފިއްޔާ އެކަމެއް އެ އޮންނަ އުސޫލުގެ ތެރެއިން ކުރިއަށްދާނެ." ޒިޔާއު ވިދާޅުވިއެވެ.

އެމްޑީޕީ އިންތިހާބުގައި ނާޒިލްވެސް ވާދަކުރެއްވި ނަމަވެސް މެންބަރު އަސްލަމް ތާއީދުކުރައްވާފައިވަނީ އައްޑޫ ސިޓީގެ މޭޔަރު ނިޒާރުގެ ކޮއްކޮ އަންސަރު މޫސާއަށެވެ. އިންތިހާބު ކާމިޔާބުކޮށް، އައްޑޫ ސިޓީގެ ރައީސް ކަމަށް ހޮވުނީ އަސްލަމްގެ ކޮއްކޮ ފައިސަލެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ނުކުރައްވައި ނާޒިލް އަމިއްލައަށް ވޯޓް ގުނުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-6

ޙުސޭން

08-Oct-2021

ނާޒިލު ހަމަ ކުރިކަމެއްގެވާހަކަބާ މި އަޑުއިވެނީ?. ހަމަ ޤަބޫލުކުރަން ފަސޭހައެއްއް ނޫންވީމަދޯ.......