ރާއްޖޭގެ ތައުލީމަށް އެންމެ ބޮޑު ގައުމީ ޚިދުމަތެއް ކޮށްދެއްވި އެއްފަރުދަކީ ވިލާ ކޮލެޖްގެ ބާނީ ގާސިމް އިބްރާހިމް ކަމަށް ޖުމުހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުއާމީ ޓީޗަރުންގެ ދުވަހާއި ގުޅިގެން ޖުމުހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ ދިވެހި ފަރުދަކު އަމިއްލަ ގޮތުން ނުކުރާފަދަ، ތަޢުލީމީ ރޮނގުން ޤައުމީ ޚިދުމަތްތައް ކުރައްވާފައި ވަނީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށެވެ. އެގޮތުން ރާއްޖޭގެ މަތީތައުލީމު ޙާޞިލު ކުރުމުގެ ފުރުޞަތު ފަހިވެފައިނެތް، އެތައް ދިވެހި ރައްޔިތަކަށް މަތީތައުލީމުގެ ފުރުސަތު ހޯއްދަވައި ދެއްވީ އެމަނިކުފާނުގެ ތަޢުލީމީ އަގުހުރި ދަރުމަހުރި މަސައްކަތްޕުޅުތަކުންކަން އަލީ ސޯލިހު ވަނީ ފާހަަގަކުރައްވާފައެވެ.
އަލީ ސޯލިހު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަފުޅަށް ކޮލެޖެއް ގާއިމު ކުރަށްވައިގެން ރާއްޖޭގެ އެންމެ ޤާބިލު އެންމެބޮޑު އެދުރު، ޑރ. އަޙްމަދު އަންވަރު އެކޮލެޖު ހިންގަވަން އިސްކުރެއްވީ ގާސިމް އިބްރާހިމްގެ ޙިކުމަތު ޢަމަލީން ކަމަށެވެ. އަދި އެކޮލެޖްގެ ދަށުން ވިލާ ހަޔަރ ސެކަންޑްރީ ސްކޫލްވެސް ހިނގަމުންދާއިރު އެއީ ފެންވަރު ރަނގަޅު ނަމޫނާ ސްކޫލެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ ބާނީ ޤާސިމު އިބްރާހީމް ރާއްޖޭގެ ތައުލީމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ ވާހަކަ އަލީ ޞާލިހު ފާހަގަ ކުރައްވާފައިވާއިރު، ބައިނަލްއަގްވާމީ މިންގަނޑުތަކާއި ހަމަތަކަށް ފެތޭގޮތަށް ފެންވަރު ރަނގަޅު މަތީ ތައުލީމާއި ތަމްރީނާއެކު، ތަފާތު 8 ދާއިރާއަކުން 117 ޕްރޮގްރާމެއް އުފައްދައި ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ވިލާ ކޮލެޖުން ވަނީ ފަހިކޮށްދީފައެވެ. މިހާތަނަށް 13،500 އަށްވުރެ ގިނަ ދަރިވަރުން ވިލާ ކޮލެޖުން ތައުލީމު ހާސިލްކޮށް ވަނީ ދަސްވެނިވިފައެެވެ.

ކިޔުންތެރިންގެ ހިޔާލު