ޖިންސީ ފުރައްސާރަކޮށް ޖިންސީ ގުނަވަން ދައްކަނީ ކޮންބަޔެއްކަން ރައްޔިތުންނަށް މިހާރު ސާފުވާނެ ކަމަށް ޖިންސީ ގޯނާގެ ސީރިއަސް ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާގެ ސީރިއަސް ދައުވާތަކެއް އުފުލާފައިވަނިކޮށް، އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދޭން އެދި މަޖިލީހުގެ އިދާރާއަށް ހުށައެޅުމާއި ގުޅިގެންނެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ މަައްސަލަ ހުށައަޅާފައިވަނީ މެމްބަރު ނާޒިލްގެ އަމިއްލަ ޖިންސީ ގުނަވަން ދެއްކުމަށްފަހު "މި ވީޑިއޯކޮށް ބަލާށޭ" ވިދާޅުވި ކަމަށް ތުހުމަތުކޮށެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ސީރިއަސް ދައުވާ ތަކެއް އުފުލާފައިވާ އަލީ ވަހީދު ވިދާޅުވީ ޖިންސީ ފުރައްސާރައާއި ޖިންސީ ގުނަވަން ދައްކަނީ ކޮންބަޔެއްކަން ރައްޔިތުންނަށް ސާފުވާނެ ކަމަށާއި، ޝަމީމީ ނިޒާމަށް އެއެއް ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް ހިސާނީ ނިޒާމަށް އެ ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.



.

"ރައީސަށް މި ޚަބަރު ފެނިގެން ކީރިތި ނުކުރައްވައިފިއްޔާ ރަނގަޅު،" އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ މުވައްޒަފުންގެ ވާހަކަތަށް އަޑުއެއްސެވުމަށްފަހު ރައީސް ސާލިޙު ކީރިތި ކުރެއްވި ކަމަށް ބުނާ ވާހަކައަށް އިޝާރާތް ކުރަށްވަމުން އަލީ ވަހީދު ވިދާޅުވިއެވެ.

ޖިންސީ ފުރައްސާރައިގެ މި މައްސަލައާއި ގުޅިގެން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުގެ މެންބަރެއްގެ ސިޓީއެއް ލިބިފައި އެބައޮތް ކަމަށެވެ. އެހެންނަމަވެސް އެކަމުގެ ތަފުސީލެއް މަޖިލީހުން ހާމައެއް ނުކުރެއެެވެ.

"މެންބަރަކު ކަމެއް ހުށަހަޅުއްވައިފިއްޔާ އެކަމެއް އެ އޮންނަ އުސޫލުގެ ތެރެއިން ކުރިއަށްދާނެ." ޒިޔާއު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު