ރާއްޖެއަށް ދަތުރު ކުރަމުންދާ ބޯޓެއް އަޑިއަށް ދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އޮކްޓޯބަރު ދެވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިނުން ފުރައިގެން މާލެ ދަތުރުކުރި "އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ" ބޯޓް، ޅ. އަތޮޅުގެ އިރުން 130 ނޯޓިކަލް މޭލު ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ފަހެއް ޖަހަނިކޮށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި އެމްއެންޑީއެފުން ބުނީ ބޯޓްގައި ތިބީ ނުވަ މީހުން ކަމަށެވެ. އަދި މިއީ ރާއްޖެއަށް ތަރުކާރީއާއި މޭވާ ބަރުކޮށްގެން ދަތުރުކުރަމުން އަންނަ ބޯޓެއް ކަަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެެ.
ބޯޓަށް އެހީތެރިވުމަށް އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ދަނީ ކޯސްޓްގާޑް ޝަހީދު އަލީ އެވެ. ނަމަވެސް ކޯސްޓްގާޑަށް އެ ސަރަހައްދަށް ދެވޭނީ މާދަމާ ހެނދުނު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އޮކްޓޯބަރު 2ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިންއިން ފުރައިގެން މާލެ ދަތުރުކުރި "އެމްއެސްވީ އަނާއި ވައިލަންކަނެ އަރޮކިއާ" ބޯޓް، ޅ.އަތޮޅުގެ އިރުން 130 ނމ. ބޭރުން އަޑިއަށް ދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުން. ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 16:57ހާއިރު pic.twitter.com/SfEnq20q0y
— Maldives National Defence Force (@MNDF_Official) October 5, 2021
މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި އެމްއެންޑީއެފުން ބުނީ ބޯޓްގައި ތިބީ ނުވަ މީހުން ކަމަށެވެ. އަދި މިއީ ރާއްޖެއަށް ތަރުކާރީއާއި މޭވާ ބަރުކޮށްގެން ދަތުރުކުރަމުން އަންނަ ބޯޓެއް ކަަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެެ.
ބޯޓަށް އެހީތެރިވުމަށް އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ދަނީ ކޯސްޓްގާޑް ޝަހީދު އަލީ އެވެ. ނަމަވެސް ކޯސްޓްގާޑަށް އެ ސަރަހައްދަށް ދެވޭނީ މާދަމާ ހެނދުނު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު