އދގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރާއްޖެގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އުއްމީދީ ވައުދުތައް ފުއްދެވުމަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖެއަށް މިއަދު ވަޑައިގެންނެވި އދގެ އާއްމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދާއެކު ބޭއްވެވި ބައްދަލުވުމަށްފަހު ދެއްވި ބަޔާނުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އދގެ އެކިއެކި މުއައްސަސާތަކުގެ މަސައްކަތްތައް އިސްލާހުކުރުމަކީ ރާއްޖެއިން އަބަދުވެސް މުހިއްމުކަމެއްގެ ގޮތުގައި ދެކި އެކަމަށް ވަކާލާތު ކުރަމުން އަންނަކަމެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން އދ އިސްލާހުކުރުމުގެ މަސައްކަތްތައް ޝާހިދުގެ ޒައާމަތުގެ ދަށުން އިތުރަށް ހަލުއިކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ، އދގެ އާއްމު މަޖިލީހުގެ ރައީސާއެކު ބޭއްވެވި ބައްދަލުވުމުގައި ވަރަށް ގިނަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.
"ބައިނަލްއަގުވާމީ މުޖްތަމައުގައި ރާއްޖެއިން އިސްކަންދޭ މުހިއްމު ދާއިރާތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރިން. އޭގެތެރޭގައި ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގައި އދގެ ދައުރު މުހިއްމުކަމަށް ދެންނެވިން. އަދި ހުރިހާ ގައުމަކަށް ހަމަހަމަ ގޮތެއްގައި ވެކްސިން ފޯރުކޮށްދިނުމަށް ޝާހިދު ގެންގުޅުއްވާ ސިޔާސަތަށް މަރުހަބާ ދެންނެވިން. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ގައުމުތަކުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރިން. އިގްތިސާދު ހިނާރުވެފައިވާ ކުދި ޖަޒީރާ ގައުމުތަކުގެ ދަރަންޏަށް ލުއި ހޯދައިދިނުމުގައި އާއްމު މަޖިލީހުގެ ދައުރުގެ މުހިއްމުކަން ފާހަގަކުރިން." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އދގެ އެކި އެޖެންސީތަކުން ފޯރުކޮށްދިން އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށް އދއިން ކުރާ މަސައްކަތް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޝާހިދުގެ ވައުދުތައް ފުއްދުމަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"މަނިކުފާނުގެ ޒައާމަތުގައި ރާއްޖޭގެ ޒުވާނުންނަށް ފުރުސަތުތަކެއް ހޯދައިދޭނެކަމަށް އުއްމީދުކުރަން. އެގޮތުން ދިވެހި ޒުވާނުނަށް އދގެ އޮފީސްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެކަމަށް އުއްމީދުކުރަން." ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރާ ގައުމެއްކަމަށާއި މިމަސައްކަތަށްވެސް ޝާހިދުގެ ޔޫއެން އޮފީހުގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރަައްވާކަމަށް ރައީސް ވިދާޅުވިއެވެ.

— The President's Office (@presidencymv) October 6, 2021

ކިޔުންތެރިންގެ ހިޔާލު