އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެއްސަކު އިންތިހާބުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަމުގެ ސަބަބުންކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ، އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ސާލިހާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނުގައެވެ.
ޝާހިދު ވިދާޅުވީ އދގެ 76 ވަނަ އާއްމު މަޖިލީހުގެ ރިޔާސަތުން ކުރެއްވި ކަންކަމާއި ގުޅޭގޮތުން ރައީސް ސާލިހުގެ ވިސްނުންފުޅު ހުރިގޮތް ވަރަށް ސާފުކޮށް ވިދާޅުވެ ދެއްވިއިރު އެކަންކަމާއި ގުޅޭގޮތުން އދއިން އިސްކަންދީގެން މަސައްކަތް ކުރާނެކަމަށެވެ.
ޝާހިދު ވިދާޅުވީ އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތުގައި ހިމެނޭ 5 ދޯދި ފެށިފައި ވަނީ ދިވެހިރާއްޖެގެ ގޮނޑުދޮށްތަކަށްދޭ ނަލަ ރީތި އަލީގެ ތެރެއިންކަމަށެވެ.
"އދގެ މަޖިލީހަށް ގެންގޮސްދޭ ދިވެހިންގެ 5 ދޯދި އެއީ، އެ 5 ދޯދީގެ ތެރޭގައި ރާއްޖެއިން އެދޭ ހުރިހާ ކަމެއް ހިމެނިގެންދޭ." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެއްސަކު އިންތިހާބުވެ، މިފަދަ ފުރުސަތެއް ދިވެއްސަކަށް ލިބިގެން ދިޔައީ ރައީސް ސާލިހުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަމުންކަމަށެވެ.
"މަނިކުފާނު ދުނިޔޭގެ ގައުމުތަކާއެކު ގުޅުން ބެހެއްޓެވުމަށް 17 ނޮވެމްބަރުގައި ރައީސް ފެއްޓެވި ހާރިޖީ ސިޔާސަތުގެ ސަބަބުން ،އިންސާނީ ހައްގުތަށް ހިމާޔަތްކޮށް، ޑިމޮކްރަސީ ވަރުގަދަ ކުރެއްވުމަށް ފެއްޓެވި މަސައްކަތްޕުޅުތަކުގެ ސަބަބުން، ދިވެހިންގެ ނަމާއި ޝަރާފާއި، ފަހްރު، ދެމެހެއްޓުމަށް ހިފެހެއްޓުމެއް ނެތި މަސައްކަތް ކުރާނަން." ޝާހިދު ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނީ ހަތަރު ދުވަހުގެ ރަސްމީ މި ދަތުރުފުޅުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން، ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައިސާވެސް ޝާހިދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މިއީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ މަގާމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެ ބޭފުޅުން އެކީގައި އެމެރިކާގެ ނިއު ޔޯކްގައި ބޭއްވެވި ބައްދަލުވުމެއްގައި ރައީސް ސާލިޙު ވަނީ ޝާހިދު ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު