އައްޑޫ ސިޓީގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ބަޔަކު ރޯކޮށްލަން މަސައްކަތްކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެގެއަކީ އަސްލަމް އައްޑޫއަށް ވަޑައިގެން ދިރިއުޅުއްވާ ގެއެވެ. ނަމަވެސް އެ ގެ މިހާރު ހުންނަނީ ފަޅަށްކަމަށް މައުލޫމާތު ލިބެއެވެ. އަދި އަސްލަމްގެ އަނބިކަނބަލުންނާއި އާއިލާ މި ވަގުތު ދިިރިއުޅުއްވަނީ ލަންކާގައެވެ.



އެ ގޭގައި ރޯކޮށްލަން މަސައްކަތް ކުރީ ހިތަދޫ ދެކުުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލާއި އަސްލަމާ ދޭތެރޭ މައްސަލަތަކެއް އުފެދި ވަރަށް ބޮޑަށް މައްސަލަ ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުން ފެށިގެން ދެބޭފުޅުންގެ ދެމެދުގައި ހޫނުވި މި މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީ މަޖިލީހުގެ ތެރޭގައި އަސްލަމަށް ނާޒިލު ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް މަޖިލީހަށް ހުށަހެޅި ހިސާބުންނެވެ. އެ މައްސަލަ ބަލައިދޭން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން) އެވެ.

މިމައްސަލަ ތަކާއި ގުޅޭގޮތުން ނާޒިލު އަދި ރަސްމީކޮށް ވާހަކަދައްކާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު