ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާއްމު މަޖިލީހުުގެ ރައީސް އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުން ޚާއްޞަ ޝަރަފެއް އަރުވަން ނިންމައިފިއެވެ.
ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ މިއަދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި އަބްދުﷲ ޝާހިދަށް ޚާއްޞަ ޝަރަފެއް އެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވާފައިވާކަމަށެއެވެ.
ނަމަވެސް ޝާހިދަށް އަރުވަނީ ކޮން ޝަރަފެއްކަމެއް އެނގިފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި ޝާހިދަށް މި ޝަރަފު އެރުވުން އޮންނާނީ މިރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ގައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައެވެ.
މިއީ ދުނިޔޭގެ މައި ޖަމިއްޔާ، އދގެ އެންމެ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު