ސ. ހިތަދޫ ވަރުދީގެ، އަހްސަން ބަޝީރު މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި، މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް އަދަބު ކަނޑައެޅުމަށް މިއަދު 14:00 އަށް ހައިކޯޓުގައި ތާވަލުކޮށްފައި އޮތް އަޑުއެހުން ކެންސަލްކޮށްފިއެވެ.
ޝަހުމް އާއި ޝިމާޒަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ކުށް ސާބިތުވާކަމަށް ނިންމާފައިވާއިރު، 10 ދުވަސް ތެރޭގައި މި މައްސަލައިގެ އަދަބު ކަނޑައަޅައި ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމަންޖެހެއެވެ.
ތޫނު އެއްޗަކުން އަހްސަންގެ ކަރަށް ހަމަލާދީ މަރާލީ މަޖީދީމަގާއި އަލިކިލެގެފާނު މަގު ގުޅުނު ހިސާބުން އޭނާ ހިނގާފައި ދަނިކޮށް 2011 ވަނަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހު އެވެ. އަހްސަނަށް ހަމަލާދިނުމުން އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެރޭ މެންދަމު 3:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
އަހުސަން މަރާލި މައްސަލާގައި ދައުލަތުން ޝަހްމުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ވަނީ އުފުލާފައެވެ. ޝިމާޒުގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެހެން ނަމަވެސް އެ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެހުކުމާއި ގުޅިގެން ޝިމާޒު ވަނީ ބަންދުންވެސް ދޫކޮށްލާފައެވެ. އެހެން ނަމަވެސް މަރުގެ އެހެން މައްސަލައެއްގައި ޝަހުމް ގެންދަނީ އުމުރު ދުވަހުގެ ޖަލުގެ ހުކުމެއް ތަންފީޒުކުރަމުންނެެވެ. ޝަހްމާއި ޝިމާޒްގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ހައިކޯޓުން އަދަބު ކަނޑައަޅާފައެއް ނުވެއެވެ. އެމީހުންނަށް އަދަބު ކަނޑައަޅާނީ ވާރިސުންގެ ބަސް ހޯދުމަށްފަހުއެވެ. ހައިކޯޓުން ވަނީ ޝިމާޒުގެ އަދަބާއި މެދު ގޮތެއް ނިމެންދެން އޭނާ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ އަހުސަނަށް ހަމަލާދިނީ ޝަހުމް ކަމާއި ޝަހުމް ގޮވައިގެން ސައިކަލުގައި ދިޔައީ ޝިމާޒް ކަމަށް ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ. ހެކި ބަހުގައި ފުށުއެރުންތައް ހުރި ނަމަވެސް އެއީ މާބޮޑު ހިލާފުތަކެއް ހުރި ހެކި ބަސް ތަކެއް ނޫން ކަމަށް އެ ހުކުމުގައި ބުނެފައިވެއެެވެ.
ހައިކޯޓުގެ ހުކުމްގައި އިތުރަށް ބުނެފައިވަނީ ހޮސްޕިޓަލްގައި މަރު މަތީގައި އޮވެގެން ޝަހްމު ހަމަލާ ދިންކަމަށް އަހްސަން ބުނި ކަމަށް ބުނެ ބައެއް މީހުން ހެކިބަސް ދީފައިވާ ކަމަށެވެ. އެފަދަ ހެކިބަސް ޝަރުއީ ދާއިރާގައި ބޭނުންކުރަނީ އިވުނު އަޑުގެ ހެކިބަސް ނުވަތަ ހިއަ ސޭ އެވިޑެންސްގެ ގޮތުގަ އެވެ. ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެފަދަ ހެކި ބަހަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބަލައިގަނެ އަދި ރާއްޖޭގެ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ވެސް ބަލައިގަނެވޭ ހެއްކެއް ކަމަށެވެ.
މިއީ މަރުމަތީގައި މީހަކު ބުނި ބަހަކަށް ނުވަތަ ޑައިން ޑިކްލަރޭޝަނަށް ބިނާކޮށް ރާއްޖޭގައި މަރުގެ ދައުވާއެއް އުފުލައި ކުށް ސާބިތުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު