އާއިލާއާއި މުދަލަށް ގެއްލުންދޭން އުޅުމަކީ ނާތަހުޒީބު އަމަލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެެެއެވެ.
ނިހާދު މިހެން ވިދާޅުވެފައި މިވަނީ ހިތާދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ބަޔަކު ރޯކޮށްލަން މަސައްކަތްކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މެމްބަރު ނިހާދު ވިދާޅުވީ މިއީ ވަރަށް ދެރަ ކަމެއްކަމަށެވެ. އަދިި އާއިލާއާއި މުދަލާއި ގޯތި ގެދޮރަށް އަރައިގަނެ އަނިޔާ ދިނުމަކީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ ޢަމަލެއްކަމަށް ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ މިފަދަ އަނިޔާ އެއްވެސް މީހަކަށް ދިނުމާއި ދެކޮޅު ހަދަންޖެހޭކަމަށާއި، މިފަދަ މައްސަލަތައް ބަލައި ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭނެކަމަށެވެ.
"ވަރަށް ވަރަށް ދެރަ ކަމެއް! އާއިލާ އަދި މުދަލާއި ގޯތި ގެދޮރަށް އަރައިގަނެ އަނިޔާ ދިނުމަކީ ވަރަށް ނާތަހުޒީބު ދަށު ދަރަޖައިގެ ޢަމަލެއް! މިފަދަ އަނިޔާ އެއްވެސް މީހަކަށް ދިނުމާއި ދެކޮޅު ހަދަންޖެހޭ. އަދި މިފަދަ ކަންކަން ބަލައި ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ." ނިހާދު ވިދާޅުވިއެވެ.
އައްޑޫ ސިޓީގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ބަޔަކު ރޯކޮށްލަން މަސައްކަތްކޮށްފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އެގެއަކީ އަސްލަމް އައްޑޫއަށް ވަޑައިގެން ދިރިއުޅުއްވާ ގެކޮޅެވެ. ނަމަވެސް އެ ގެ މިހާރު ހުންނަނީ ފަޅަށްކަމަށް މައުލޫމާތު ލިބެއެވެ. އަދި އަސްލަމްގެ އަނބިކަނބަލުންނާއި އާއިލާ މި ވަގުތު ދިިރިއުޅުއްވަނީ ލަންކާގައެވެ.
އެ ގޭގައި ރޯކޮށްލަން އުޅުނީ ހިތަދޫ ދެކުުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލާއި އަސްލަމާ ދޭތެރޭ މައްސަލަތަކެއް އުފެދިފައިވަނިކޮށެވެ. އެގޮތުން އަސްލަމަށް، ނާޒިލް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އޭނާއާއި ދެކޮޅަށް ޖިންސީ ފުރައްސާރައިގެ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ބަލައިދޭން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން) އެވެ. އަސްލަމާ ނާޒިލާ ދެމެދު މައްސަލަ ހޫނުވެގެން އުޅެނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ދިމާވި ކަންތައްތަކެއްގެ ސަބަބުން ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު