ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު އެކްސިޑެންޓެއް ހިނގައި، 3 މީހަކަށް އަނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މި އެކްސިޑެންޓު ހިނގާފައިވަނީ، ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ވޯކް ވޭ ފެންސްގައި ޖެހި، ފެންސް ފަޅާލާފައި ވޯކް ވޭ މައްޗަށް އަރައިގެންކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 15:28 ހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި އެކްސިޑެންޓްގައި 3 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، މި 3 މީހުންނަކީވެސް ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި 3 މީހުންނަށްވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މެޑިކަލް ޕޮއިންޓްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އަދި މި އެކްސިޑެންޓްގެ މައްސަލަ އެ އިދާރާއިން މިހާރު ދަނީ ބަލަމުން ކަމަށް ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު