އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގެންފައިވާ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިއްޕެވުމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިހު މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް ސާލިޙު މިކަމަށް އެދިވަޑައިގެންނެވީ އެމަނިކުފާނުގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސް ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ އެމަނިކުފާނުގެ ރިޔާސަތުގައި އ.ދ. އަށް ފާގަތިކަމާއި ކުރިއެރުން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި، ރައީސް ސާލިޙު ވަނީ ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގެންފައިވާ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިއްޕެވުމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުންވެސް ދެބޭފުޅުން ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމާ ގުޅޭގޮތުންނާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުދި ޤައުމުތަކާ ގުޅޭ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. 

މިގޮތުން، ރައީސް ސާލިޙު ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ޤާނޫނުތަކާއި ސިޔާސަތުތައް ކަނޑައަޅާފައިވީ ނަމަވެސް ޓެކްނޮލޮޖީގެ އެހީގައި މެނުވީ މިކަންތައްތަކުން އަރައިނުގަނެވޭނެކަން ހާމަކުރައްވައި، އެކަމުގައި އެހީތެރިކަން ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުންވެސް ދެބޭފުޅުން ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމާ ގުޅޭގޮތުންނާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުދި ޤައުމުތަކާ ގުޅޭ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. 

މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ޤާނޫނުތަކާއި ސިޔާސަތުތައް ކަނޑައަޅާފައިވީ ނަމަވެސް ޓެކްނޮލޮޖީގެ އެހީގައި މެނުވީ މިކަންތައްތަކުން އަރައިނުގަނެވޭނެކަން ހާމަކުރައްވައި، އެކަމުގައި އެހީތެރިކަން ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި، އެމަނިކުފާނު ވަނީ ބޮޑެތި ޤައުމުތަކުގެ ސަރުކާރުތަކުން މޫސުމީ ބަދަލުތަކާ ގުޅޭ ސިޔާސަތުތަކަށް ތާއީދު ހޯދުން މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ޢަބްދުﷲ ޝާހިދު ވިދާޅުވީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސްކަން ރާއްޖެއަށް ލިބުމަކީ ރައީސް ގެންގުޅުއްވާ ފުރިހަމަ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ލިބިގެންދިޔަ ފަޚުރެއްކަމަށެވެ. އެކަމުގެ ހުރިހާ ޝުކުރެއް ޙައްޤުވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި، ޢަބްދުﷲ ޝާހިދު ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގައި އެމަނިކުފާނު ގެންގުޅުއްވާ އުންމީދީ ރިޔާސަތުގެ 5 ދޯދީގެ ތަސައްވުރަކީ ރާއްޖެކަމުގައި ހާމަކުރައްވައި، އެމަނިކުފާނުގެ ހުރިހާ މަސައްކަތެއް ބައްޓަންކުރައްވާފައި ވަނީ ރާއްޖޭގެ ރިޔާސަތުގައި އދ. އަށް އެދެވޭ ބަދަލުތަކެއް ގެނައުމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ކުރިއެރުވުމަށްކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޝާހިދަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ. އަދި، ޢަބްދުﷲ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޢިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު