ހިޔާ ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެކަން މިހާރު ބަލަމުންދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފި އެެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ، ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީ ކޮށްފައިވާ 7000 ހައުސިންގ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ފެން ބިލު ވަނީ ބޮޑުވެފައިކަމަށާއި، އެކަން ވަނީ އެ ކުންފުންޏަށް ފާހަގަކުރެވިފައި ކަމަށެވެ.

އަދި ފެން ބިލް ބޮޑުވެފައިވާ ފްލެޓްތަކުގެ ވެރިފަރާތްތަކާއި، އެކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެކަން ދެނެގަނެ ޙައްލު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

އެ ކުންފުނިން އިތުރަށް ބުނީ ފެން ބިލް ބޮޑުވުމަށް މައިގަނޑު ގޮތެއްގައި ދިމާވާ އެއްސަބަބަކީ އެޕާރޓްމަންޓްތަކުންނާއި ގޭގެ ފެން ވައަރިންގ، ވޭލްވްތަކުން ނުވަތަ އިސްކުރުތަކުން ފެން ލީކުވުން ކަމަށެވެ. އެހެންކަމުން ހުރިހާ ކަސްޓަމަރުން ވެސް އެޕާރޓްމެންޓްތަކުގައި ފެން ލީކެއް އުޅޭތޯ ބެއްލެވުމަށް ސަމާލުކަން ދެއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މިގޮތުން، ފްލެޓްގެ ވޭލްވްތައް އަދި އިސްކުރުތައް ރަނގަޅަށް ބާރުކޮށްލެއްވުމަށްފަހު، މީޓަރު އެނބުރޭތޯ އަމިއްލައަށް ބައްލަވާ، ފެން ލީކެއް އުޅޭކަން ޔަޤީންކޮށްލެއްވުމަށް އެ ކުންފުނިން އެދިފައިވާއިރު، މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށްޓަކައި މީހުން ދިރިއުޅެން ނުފަށާ ފްލެޓްތަކުގެ ފެން މީޓަރުގެ ވޭލްވްތައް ވެސް ބަންދުކޮށްލާފައި ބަހައްޓަވައި، އެކަމަށް ސަމާލުކަން ދެއްވުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.



އެމްޑަބްލިއުއެސްސީ ގެ އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއިއެކު ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު