ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ވެށި ބަދަލު ކުރަން ޖެހޭ ކަމަށާއި އެމްއާރްއެމުން ސާބިތުކަމާއެކު އެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރާނެ ކަމަށް އެޕާޓީގެ ރައީސް، ފާރިޝް މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ރައީސް، ފާރިޝް މައުމޫން ވިދާޅުވީ، ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ގޮންޖެހުންތަކާއި ހުރަސްތަކެއް އެބަހުރި ކަމަށެވެ. އަދި ބައެއް ކަންކަން ހާސިލް ނުކުރެވެނީ ނުވަތަ ވައުދުތައް ނުފުއްދިގެން އުޅެނީ ވަކި ސިޔާސީ ޕާޓީއަކުން ނުވަތަ ވަކި ބަޔަކު އެކަން ފަހި ނުކޮށްދީގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފާރިޝް ވިދާޅުވިއެެވެ.
"މުޖުތަމައުގެ ޕޮލިޓިކަލް ކަލްޗަރ ބަދަލުކުރަންޖެހޭ، ހުރަސްތަކެއް އެބަހުރި ސްޓަރޗަރަލް މައްސަލަތަކެއް އެބަހުރި، ކޮންމެ ބަޔަކު މަގާމުތަކަކާއި ހަވާލުވި ނަމަވެސް އެ ރައްޔިތުންނަށް ވެދެވޭ ވައުދުތަކާއި އެއްގޮތަށް ކަންކުރުމުގައި އެބަހުރި ގޮންޖެހުންތަކެއް." އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް ވިދާޅުވިއެވެެ.
އިތުރަށް ވާހަކަ ދައްކަވަމުން ފާރިޝް މައުމޫން ވިދާޅުވީ، ސިޔާސީ މަގުސަދު ހާސިލްކުރުމަށް އެ ޕާޓީގެ އުސޫލުތައް ދޫނުކޮށްލާނެ ކަމަށެވެ. ފާރިޝް ވަނީ ވަކި މީހަކަށް މަންފާ ހޯދައިދިނުމަށް ޕާޓީގެ އުސޫލުތައް ބަދަލު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކުށެއް ކުރިޔަސް ގާނޫނު އަތް ނުފޯރާ ބައެއް އެބަތިބިކަމަށް ރައްޔިތުން ބުނަމުންދާކަން ފާހަގަކުރައްވައި ފާރިޝް ވިދާޅުވީ އެ ޕާޓީން ބޭނުންވަނީ އެސަގާފަތް ނައްތާލުމަށް ކަމަށެވެ. ފާރިޝް ވިދާޅުވީ ޕާޓީގެ އައު ލީޑަރޝިޕް އުފެދުމާއެކު، ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އަދިި އެ ޕާޓީން ސިޔާސަތުތައް ކަނޑައަޅާނީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި، ރައްޔިތުންނާ ހަމައަށް ޕާޓީގެ ސިޔާސަތުތައް ހާމަކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާރިޝް ވިދާޅުވީ ޒުވާނުންނަށް ހުރި ދަތިތައް ހައްލުކުރުމަށް ކައިރިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ ޕާޓީން ކަންކަމުގައި ގޮތް ނިންމާއިރު ޒުވާނުންގެ ބަސް ހިމަނައިގެން ނިންމުންތައް ނިންމާނެ ކަމަށްވެސް ފާރިޝް ވިދާޅުވިއެވެ.
ޕާޓީގެ އަސާސީ ގަވާއިދާއި، ޕާޓީ ހިންގުމަށް ބޭނުންވާ ގަވާއިދުތައް އެމްއާރުއެމްގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަންގައި ވަނީ ފާސްކޮށްފައެެވެ.
އެމްއާރުއެމްގެ ނެޝަނަލް ކޮންވެންޝަންގައި ޕާޓީގެ ޒަޢީމަކަށް ކުރީގެ ރައީސް މައުމޫން، ވަނީ އިންތިޚާބުވެވަޑައިގެންފައެވެެ. ޕާޓީގެ ނާއިބުރައީސަކަށް ސަޒައިލް ސިޔާމް، ނާއިބުރައީސްގެ މަގާމުގެ އަންހެނުންގެ ޚާއްސަ ގޮނޑިއަށް އައިމިނަތު ނާދިރާ އިންތިޚާބު ކޮށްފައިވާއިރު އަންހެނުންގެ ކައުންސިލްގެ ރައީސަކަށް އާރިޒާ ރަޝީދު، ޒުވާނުންގެ ކައުންސިލްގެ ރައީސަކަށް އިބްރާހިމް ފަރުހާދު ވަނީ އިންތިޚާބު ކޮށްފައެވެ. އަދި އެގްޒެކެޓިވް ކޮމިޓީއަށް 10 ފިރިހެން މެމްބަރުންނާއި 10 އަންހެން މެމްބަރުން އިންތިޚާބު ކޮށްފައިވާ ކަމަށް އެމްއާރުއެމް އިން ބުނެ އެވެ. މީގެ އިތުރުން އެގްޒެކެވި ކޮމިޓީއަށް ޒުވާނުންގެ ކައުންސިލް ތަމްސީލު ކުރާ 10 މެމްބަރުން އިންތިޚާބު ކޮށްފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު