ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަކީ، ޤައުމިއްޔަތު ޙިމާޔަތް ކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަންވެފައިވާކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު، މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބާތުގައި މިރޭ ޖުމުހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެެ. ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ވިދާޅުވީ، ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތް ކުރުމަށް، އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ، އަޅުގަނޑުމެންނަކީ، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ކުރުމުގެ ފުރުޞަތު ލިބޭ، އެންމެފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މި ޖަޒީރާތައް ނެތި، ދިވެހިރާއްޖެއެއް ނޯންނާނެ ކަމަށާއި، ދިވެހިރާއްޖެ ނެތް ހިނދެއްގައި، ދިވެހިންނެއް ނުތިބޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ދިވެހިން ނެތި، ދިވެހި ޤައުމިއްޔަތެއްވެސް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންކަމުން ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަކީ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ޙިމާޔަތް ކުރުމުގެ އެންމެ މުހިންމު މަސައްކަތަށް މިއަދު ހަދަންވެއްޖެ. ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދުވެސް އެ މައްޗަށް ބިނާވެފައިވާ، ރާއްޖޭގެ މާޙައުލީ ނިޒާމު، އޭގެ ޠަބީޢީ ޙާލަތަށް އިޢާދަކޮށްދިނުމަށް، އާ ޢަޒުމަކާއެކު އެންމެން އެކުގައި ތެދުވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން." ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ، އިންސާނުންގެ އަމިއްލަ އަތްތަކުން ކުރާ ކަންކަމުގެ ސަބަބުން، ދުނިޔޭގެ ހޫނުމިން އެދަނީ އިންތިހާއަށް މަތިވަމުން ކަމަށެވެ. މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ޤުދުރަތީ ކާރިސާތަކާހެދި، އެންމެ ބޮޑެތި ޤައުމުތައްވެސް ގޮތް ހުސްވެފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެފަދަ، އަބަދުމެ ކަނޑުގެ ރާޅުތައް ވަށައިގެން ބިންދަމުންދާ ތިރި ޖަޒީރާތަކެއްގެ ކުރިމަގާމެދު ނިކަން ވިސްނާލުމަށް ރައީސް ސާލިޙު ވަނީ އެދިވަޑައިގެންފައެވެެ.
"ރާއްޖޭގެ ތާރީޚު ލިޔަމުންދާއިރު، އަޅުގަނޑުމެންނަށް މިއަދު ހުއްޓި މި ތިބެވެނީ، ތިމާވެށީގެ ކުރިމަތީގައި ޖެހުނު މޫސުމީ ބަދަލުތަކުގެ ފުލުސްޓޮޕަކަށް. މިހާ ހިސާބުން ރާއްޖޭގެ ތާރީޚު އިތުރަށް ލިޔެ ފުރިހަމަކުރާނީތޯ، ނުވަތަ އެ ފުލުސްޓޮޕާއެކު ތިމާވެށީގެ ޝިކާރައަކަށްވެ ނިމިގެންދާން ދޫކޮށްލާނީތޯ، އެއީ މިޖީލުގެ ދިވެހިން ޖަވާބަކާމެދު ވިސްނަން ޖެހިފައިވާ އެންމެ ވަރުގަދަ ސުވާލު." ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް މި ލިބެނީ، ރާއްޖެފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ޤައުމުތަކަށް ކަމަށެވެ. ނަމަވެސް ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި، ރާއްޖޭގެ ޙިއްޞާ ވަރަށް ކުޑަ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެެ.
"ޙަޤީޤަތަކީ މިއީ ކަމުގައިވިޔަސް، ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއް، އަދި އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީވެސް ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތައް." ރައީސް ސާލިޙު ވިދާޅުވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ ބައެއްގެ މެދުގައި ޤައުމިއްޔަތެއް ދެމިއޮންނާނީ، އަދި އެ ޤައުމިއްޔަތު ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީވެސް، އެ ޤައުމެއް މި ބިންމަތީގައި ވުޖޫދުވެ އޮވެގެން ކަމަށެވެ.
"އަޅުގަނޑުމެންގެ މި ހިތްގައިމު ރާއްޖެއަށް، ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާމެދު، މިއިން ޒަމާނެއްގައި އަޅުގަނޑުމެން ބިރުނުގަންނަ މިންވަރަށް މިހާރު އެބަ ބިރުގަނޭ. މިއީ ތޯތޯ ވާހަކައެއް ނޫން، މިއީ ޢިލްމީ ޙަޤީޤަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއް." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު