ނުރަނގަޅު ފިކުރުތައް އަޅުގަނޑުމެންގެ ތެރެއަށް ފަތުރައި، އިޖުތިމާޢީ އަދަބު އަޚްލާޤުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައިކުރުމަށް، ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހުގެ މުނާސަބާތުގައި މިރޭ ޖުމުހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ނުރަނގަޅު ފިކުރުތައް އަޅުގަނޑުމެންގެ ތެރެއަށް ފަތުރައި، އިޖުތިމާޢީ އަދަބު އަޚްލާޤުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައިކުރުމަށް، ބަޔަކު ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށާއި އެފަދަ ފިކުރުތަކަށް ފާޅުގައި ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. އަދި އަޚްލާޤީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބޭ ބައެއްގެ ގޮތުގައި، ދަރިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދިގު ތާރީޚެއް އެބައޮތް. މުއްސަނދި ސަގާފީ ތަރިކައަކާއި، ފަޚުރުވެރި ޤައުމިއްޔަތެއް އެބައޮތް. ދިވެހިންނަކީ ޞުލްޙަޔާއި ހަމަޖެހުމާއި މަޑުމައިތިރިކަމުގައި، މުއައްރިޚުން މިސާލުޖަހައި އުޅުނު ބައެއް. ދިވެހިންނަކީ ހަމްދަރުދީއާއި އޯގާތެރިކަމާއި ކުލުނާއި ލޯބީގެ މަތީގައި، ދިރިއުޅުން ބިނާކުރި ބައެއް." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ އަޅުގަނޑުމެންގެ ޤައުމީ ވާޖިބަކަށް ހަދަންވީ، ދިވެހިރާއްޖެއަށާއި ދިވެހިވަންތަކަމަށް، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި، ދަރިން މުޖުތަމަޢަށް ނެރުމަށް ކަމަށެވެ. އަދި ދިވެހިވަންތަ ޝަޚްޞިއްޔަތެއްގެ ސިފަތައް، ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވަންޖެހޭ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"ޤައުމުގެ ފޯދެމުން އަންނަ ޖީލުގެ ހިތްތަކުގައި، ޤައުމިއްޔަތުގެ ރޫޙު އުފައްދައި، ޤައުމީ ލޯބި ދިރުވައި އާލާކުރުމުގެ ޢަޒުމް ކަނޑައެޅުމަކީ، މިފަދަ ޤައުމީ މުނާސަބާތަކުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ދިވެހިންގެ ޤައުމިއްޔަތު ދިރުވައި އާލާކުރެވޭނީ، ޤައުމީ ސިފަތަކަށާއި، ޤައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް އުފެދިގެންކަން ޔަޤީން." ރައީސް ސާލިޙު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު