ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ނިޔާވެއްޖެއެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ މިރޭ 19:00 ގައި ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ މ. މަލަސް، އިސްމާއީލް ޝަބީން 46، ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް މިރޭ ނިޔާވެފައިވާ ކަމަށެވެ.
ކަރެކްޝަނުން ބުނީ އޭނާ ނިޔާވެފައިވަނީ 19:30 ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ނިޔާވިއިރު އޭނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ މީހެއް ކަމަށް ކަރެކްޝަނުން ބުނެ އެވެ.
އިސްމާޢީލް ޝަބީނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެއް ކަމަށް ކަރެކްޝަނުން މައުލޫމާތުދެއެވެެ.
ކަރެކްޝަނުން ބުނީ އިސްމާޢީލް ޝަބީން ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެސަރވިސުން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު