ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި މިހާރު ޚިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންގެ ޚިދުމަތުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރަން ސަރުކާރުން ނިއްމަވައިފިއެވެ.
ސަރުކާރުން އެގޮތަށް ނިއްމެވިކަން ހާމަކުރެއްވީ ގައުމީ ދުވަހުގެ މުނާސަބާތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހަންމަދު ސާލިހެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ދައުލަތުގެ ފަރާތުން ގައުމީ އިނާމާއި ޚާއްސަ އިނާމު ދެމުން އަންނައިރު، ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރު ޚިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންގެ ޚިދުމަތުގެ އަގު، ގައުމީ ފެންވަރުގައި ވަޒަން ކޮށްފައި ނުވާ ކަމަށެވެ.
އެހެންކަމުން، އަންނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، އެފަދަ ބޭފުޅުންގެ ޚިދުމަތުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރަން ފެށުމަށް މިހާރު ނިންމާފައިވާ ކަަމަށް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.
ރޭގެ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު 4 ބޭފުޅުންނަށް ވަނީ ދެއްވާފައެވެެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 14 ބޭފުޅުންނަށް، ވަނީ ލިބިވަޑައިގެންފައެެވެ. އެފަރާތްތަކަށް އެ އިނާމްތަށް ދެއްވީ ރައީސް ސާލިޙެވެ. މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި އަހަރު ލިބިފައިވަނީ 11 ބޭފުޅަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ 6 ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 4 ބޭފުޅަކާއި އަދި ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވި ބޭފުޅަކަށެވެ.
މިރޭގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު