މިސަރުކާރުގެ ޚާރިޖީ ވަޒީރު ދެ ވަޒީފާ އަދާކުރާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ ދައްކާނެ އެހެން ވާހަކަ އެއް ނެތިގެންކަމަށް އދ. ޢާންމު މަޖިލީހުގެ ރައީސް، އަދި ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެެ.

ޓީވީ ޕްރޮގުރާމެއްގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުުން ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވީ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރުމަކީ އާކަމެއް ނޫން ކަމަށާއި، މީގެ ކުރިން ޚާރިޖީ ވަޒީރުން މަގާމުގައި ތިއްބަވައިގެން އދ.ގެ ޢާންމު މަޖިލީހުގެ މަސްއޫލިއްޔަތާއި ޒިންމާ ނަންގަވާފައިވާ ކަމަށެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަގާމަކީ އެއްވެސް މުސާރައެއް ލިބިވަޑައިގަންނަވާ ވަޒީފާއެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނު އަސާސީން މަނާކުރަނީ މުސާރަ ލިބޭ ދެ ވަޒީފާއެއް އަދާކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދެ ވަޒީފާ އަދާކުރަށްވާ ވާހަކަ ދައްކަނީ އިދިކޮޅު ފަރާތްތަކަށް ދައްކާނެ ވާހަކައެއް ނެތިގެން ކަމަށް ޝާހިދު ވިދާޅުވިއެެވެ.

"އަޅުގަނޑު އެވާހަކަ ދައްކާ މީހުންނަށް ހިތުގެ ބުރަކަމެއް ނެތް، ދެން އެ ނޫން ވާހަކައެއް ނެތީއޭ އިގޭތޯ ސިޔާސަތެއް ވެސް ނެތީ، ބުނާނެ އެއްޗެއް ވެސް ނެތީ، އެހެންވީމަ ދެން ކޮންމެވެސް ވާހަކައެއް ދައްކަނީ." ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ދައުލަތުން ރޭ އަރުވާފައިވާ ޝާހިދު ވިދާޅުވިއެވެ.

އދ. ޢާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަަވައިގެން ޝާހިދަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމުގެ ޒިންމާ އަދާކުރެވިދާނެ ކަމަކަށް އިދިކޮޅު ކޯލިޝަނުން ގަބޫލެއް ނުކުރެއެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އދ. ގެ ޢާންމު މަޖިލީހުގެ ރައީސް ޝާހިދާއެކު ބޭއްވި ބައްދަލުވުންވެސް އިދިކޮޅު ކޯލިިޝަނުން ވަނީ ބޮއިކަޓްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު


2

ޛ

08-Oct-2021

ދައްކާނެ ވާހަކަ ވަރައްގިނަ. ޕރީޕެއިޑްވާހަކަ. ގެހެދިވާހަކަ. ގައުމަށްގައްދާރުވެ ގައުމު ވިއްކާލައި ޖާހާ އިއްޒަތް ހޯދިވާހަކަ. މިހިރީހައްތަހާވެސް މަނިކުފާނުގެ މިޒާޖުފުޅު