ޝަރީޢަތް ނިމެންދެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ހުރި މީހަކު މަރުވި މައްސަލަ ބަލާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވީ، މ. މަލަސް، އިސްމާއީލް ޝަބީން (46 އަހަރު)އެވެ. އޭނާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.
ޕީޖީ އޮފީހުން ބުނީ މިކަމުގައި ކަން ހިނގާފައި އޮތް ގޮތް ބަލާނޭކަމަށެވެ. އަދި އެކަމުގައި ޕީޖީ އޮފީހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ޕީޖީން ބުނެފައި ވެއެވެ.
އިސްމާޢީލް ޝަބީނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެއް ކަމަށް ކަރެކްޝަނުން މައުލޫމާތުދެއެވެެ.
ކަރެކްޝަނުން ބުނީ އިސްމާޢީލް ޝަބީން ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެސަރވިސުން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު