އަހުމަދު މަސްނޫމް   7 އޮކްޓޯބަރު 2021 - 23:18
ލަންކާގެ ރަޓްމަލާނާ އެއާޕޯޓުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރަޓްމަލާނާ އެއާޕޯޓަކީ ލަންކާގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ ސަރަހައްދާ އެންމެ ކައިރީގައި އޮންނަ އެއަރޕޯޓެވެ. އަނެއްކޮޅުން ރަޓްމަލާނާ އެއާޕޯޓުން ދަތުރުތައް ފަށަން ތައްޔާރުވަމުން މިދަނީ އެ އެއާޕޯޓަށް ދަތުރުކުރުން ހުއްޓާލާފައިވާތާ ގާތްގަނޑަކަށް 50 އަހަރު ފަހުންނެވެ.

ރަޓްމަލާނާ އެއާޕޯޓުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާއިރު، ފުރަތަމަ ދަތުރު ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުއެވެ.

ހަމައެކަނި ދެކުނު އޭޝިއާގެ ގައުމުތަކަށް ރަޓްމަލާނާ އެއާޕޯޓް ފުރަތަމަ ހުޅުވާލާއިރު ބައެއް ކަހަލަ ލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އެއާޕޯޓް ސާވިސް ޓެކްހާއި ފްލައިޓް ޕާކު ކުރުމަށް ނަގާ ފީ ފަދަ ބައެއް ކަހަލަ ފީތައް ނުނެގުން ހިމެނެއެވެ.

ރަތުމަލާނަ އެއާޕޯޓު ހުޅުވާފައިވަނީ 1938ވަނަ އަހަރުއެވެ. ނަމަވެސް 1968ވަނަ އަހަރު ބަންޑާރަނައިކެ އެއާޕޯޓު ހުޅުވުމާއެކު މިތަނަށް ކުރަމުން އައި ދަތުރުތައް މަޑު ޖެހިގެން ދިޔައެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ޗާޓަރު ދަތުރުތައް އެ އެއާޕޯޓަށް ކުރެއެވެ. މިއެއާޕޯޓަކީ 1.8 ކިލޯމީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓެކެވެ.



ކިޔުންތެރިންގެ ހިޔާލު