ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޒުވާން ބޭފުޅަކު އައްޔަންކުރަން އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ގޮވާލައްވައިފިއެވެ.
އާދަމް ޝަރީފް މިއަދު ވިދާޅުވީ އަބްދުﷲ ޝާހިދު، ރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަޤާމާއި އދގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ މަޤާމު ފުރުއްވަމުން ގެންދެވުމަކީ ރާއްޖެއަށް ލިބޭ ބޮޑު ގެއްލުމެއްކަމަށެވެ. އަދި ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް ޒުވާން ޤާބިލު ބޭފުޅަކު އައްޔަންކުރަން އާދަމް ޝަރީފް ގޮވާލެއްވިއެވެ.
މިނިސްޓަރ ޝާހިދު ދެ މަޤާމު ފުރުއްވާތީ އެކަމާއި އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
މިވާހަކަތަކަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ މިސަރުކާރުގެ ޚާރިޖީ ވަޒީރު ދެ ވަޒީފާ އަދާކުރާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ ދައްކާނެ އެހެން ވާހަކައެއް ނެތިގެންކަމަށެވެ. ޝާހިދު ވިދާޅުވީ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރުމަކީ އާކަމެއް ނޫން ކަމަށާއި، މީގެ ކުރިން ޚާރިޖީ ވަޒީރުން މަގާމުގައި ތިއްބަވައިގެން އދ.ގެ ޢާންމު މަޖިލީހުގެ މަސްއޫލިއްޔަތާއި ޒިންމާ ނަންގަވާފައިވާ ކަމަށެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަގާމަކީ އެއްވެސް މުސާރައެއް ލިބިވަޑައިގަންނަވާ ވަޒީފާއެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނު އަސާސީން މަނާކުރަނީ މުސާރަ ލިބޭ ދެ ވަޒީފާއެއް އަދާކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދެ ވަޒީފާ އަދާކުރަށްވާ ވާހަކަ ދައްކަނީ އިދިކޮޅު ފަރާތްތަކަށް ދައްކާނެ ވާހަކައެއް ނެތިގެން ކަމަށް ޝާހިދު ވިދާޅުވިއެެވެ.
އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭގެ ފަރާތުން ވާދަކުރަށްވައިގެން ޝާހިދަށް ލިބިވަޑައިގެންނެވީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ބޮޑު ތައީދަކާއި އެކު ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުންނެވެ. މިއީ ދިވެހި ރައްޔިތަކު އދގެ މިހާ މަތީ މަގާމެއް ފުރުއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

#foreignminister ge fahaiypulhugai #RJ hunnevumakee serious hierarchy issue eh! RJ ge authority undermine vaane. #UNGA gai Raajjeyge position nagahattan dhathivaane? Dhe maqaamu furuvvumun Raajjeah libey gellun bodu. FM ge magaamah qaabil zuvaan beyfulhaku ayyan kurumah govaalan. pic.twitter.com/VPaxXeBwwP
— Adam Shareef Umar (@Adamshareefz) October 6, 2021
މިނިސްޓަރ ޝާހިދު ދެ މަޤާމު ފުރުއްވާތީ އެކަމާއި އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
މިވާހަކަތަކަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ މިސަރުކާރުގެ ޚާރިޖީ ވަޒީރު ދެ ވަޒީފާ އަދާކުރާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ ދައްކާނެ އެހެން ވާހަކައެއް ނެތިގެންކަމަށެވެ. ޝާހިދު ވިދާޅުވީ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރުމަކީ އާކަމެއް ނޫން ކަމަށާއި، މީގެ ކުރިން ޚާރިޖީ ވަޒީރުން މަގާމުގައި ތިއްބަވައިގެން އދ.ގެ ޢާންމު މަޖިލީހުގެ މަސްއޫލިއްޔަތާއި ޒިންމާ ނަންގަވާފައިވާ ކަމަށެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މަގާމަކީ އެއްވެސް މުސާރައެއް ލިބިވަޑައިގަންނަވާ ވަޒީފާއެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ ގާނޫނު އަސާސީން މަނާކުރަނީ މުސާރަ ލިބޭ ދެ ވަޒީފާއެއް އަދާކުރުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދެ ވަޒީފާ އަދާކުރަށްވާ ވާހަކަ ދައްކަނީ އިދިކޮޅު ފަރާތްތަކަށް ދައްކާނެ ވާހަކައެއް ނެތިގެން ކަމަށް ޝާހިދު ވިދާޅުވިއެެވެ.
އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭގެ ފަރާތުން ވާދަކުރަށްވައިގެން ޝާހިދަށް ލިބިވަޑައިގެންނެވީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ވަރަށް ބޮޑު ތައީދަކާއި އެކު ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުންނެވެ. މިއީ ދިވެހި ރައްޔިތަކު އދގެ މިހާ މަތީ މަގާމެއް ފުރުއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު